ރައީސުލްޖުމްހޫރިއްޔާ ދެ މަގާމަކަށް މިއަދު ދެ ބޭފުޅަކު ހަމަޖައްސަވައިފިއެވެ.
ރައީސް އޮފީހުން ހާމަކުރައްވާފައިވާގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑަރ އެޓް ލާޖްގެ މަގާމަށް މއ.އަތަމާވިލާ، ޢަބްދުލްޣަފޫރު މުޙައްމަދު އަދި ފޮރިން ސެކްރެޓެރީގެ މަގާމަށް ހ. ސީވީޑް، އަޙްމަދު ލަޠީފު މިއަދު ވަނީ ހަމަޖައްސަވާފައެވެ.
ޢަބްދުލްޣަފޫރު މުޙައްމަދު އެ މަޤާމަށް ހަމަޖެއްސެވީ ކުރިން ހުންނެވި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ފޮރިން ސެކްރެޓެރީގެ މަގާމުން ވަކިކުރެއްވުމަށްފަހުގައި ކަމަށާއި އަދި އަޙްމަދު ލަޠީފު އެމަޤާމަށް ހަމަޖެއްސެވީ ކުރިން ހުންނެވި ޖަރުމަނުވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމުން ވަކިކުރައްވާފައި ކަމުގައި ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް