ރައީސުލްޖުމްހޫރިއްޔާ ތައުލީމީ ދާއިރާއަށް ވެ ވަޑައިގަތް ވައުދާއި އެއްގޮތަށް މިއަދުން ފެެށިގެން އެ ދާއިރާގެ މުވައްޒަފުންނަށް ލިބިގެންދާނެ އާ މުސާރަ މިއަދު އިއުލާނުކުރައްވައިފިއެވެ.
މި މުސާރަތައް އިއުލާނުކުރެއްވީ މިކަމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ދެއްވި ބަސްދީގަތުމަކަށްފަހު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ.
އެގޮތުން ޕްރިންސިޕަލުންނާއި ޑެޕިއުޓީ ޕްރިންސިޕަލުންނާއި ޓީޗަރުންނާއި އެޑިއުކޭޝަން ޑިވޮލެޕްމަންޓް ޕްރޮފެޝަނަލުންގެ މުސާރަ ބޮޑުކޮށްފައިވެއެވެ.
މުސާރައަށް އައި ކުރިއެރުން:
ޕްރިންސިޕަލުން ދެ ރޭންކަކަށް ބަހާލާފައިވާއިރު
- ރޭންކް އެކެއްގެ ގެ މުސާރަ 16،000ރ އިން 30،000ރ އަށް، މިއީ 82 އިންސައްތައިގެ ކުރިއެރުމެއް
- ރޭންކް ދޭއްގެ މުސާރަ 20،000ރ އިން 33،000ރ އަށް، މިއީ 59 އިންސައްތައިގެ ކުރިއެރުމެއް
- ރޭންކް ތިނެއްގެ މުސާރަ 12،000ރ އިން 20،000ރ އަށް، މިއީ 38 އިންސައްތައިގެ ކުރިއެރުމެއް
ޑެޕިއުޓީ ޕްރިންސިޕަލުންގެ މުސާރަ ދެ ރޭންކަކަށް ބަހާލާފައިވާއިރު
- ރޭންކް އެކެއްގެ މުސާރަ 13،000ރ އިން 23،000ރ އަށް، މިއީ 78 އިންސައްތައިގެ ކުރިއެރުމެއް
- ރޭންކް ދޭއްގެ މުސާރަ 21،000ރ އިން 26،000ރ އަށް މިއީ 55 އިންސައްތައިގެ ކުރިއެރުމެއް
ޓީޗަރުންގެ މުސާރަ ފަސް ރޭންކަކަށް ބަހާލާފައިވާއިރު
- ރޭންކް އެކެއްގެ މުސާރަ 10،000ރ އިން 13،000ރ އަށް، މިއީ 22 އިންސައްތައިގެ ކުރިއެރުމެއް
- ރޭންކް ދޭއްގެ މުސާރަ 13،000ރ އިން 19،000ރ އަށް، މިއީ 50 އިންސައްތައިގެ ކުރިއެރުމެއް
- ރޭންކް ތިނެއްގެ މުސާރަ 15،000ރ އިން 20،000ރ އަށް، މިއީ 37 އިންސައްތައިގެ ކުރިއެރުމެއް
މީގެ އިތުރުން ލީޑިން ޓީޗަރުންނަށް ލިބޭ އެލަވަންސް 1000 ރުފިޔާއިން 2000 ރުފިޔާއަށް ބޮޑުކޮށްފައިވެއެވެ. މިއީ 100% ގެ ކުރިއެރުމެއް، ލީޑިން ޓީޗަރުންގެ ގޮތުގައި 940 ބޭފުޅުން އެބަތިއްބެވިކަން ހާމަކުރެއްވިއެވެ.
މީގެ އިތުރުން އެޑިއުކޭޝަން ޑިވެލޮޕްމަންޓް ޕްރޮފެޝަނަލްސް ޑިވޮލެޕްމަންޓް އޮފިސަރުންގ މުސާރައަށް ބަލާއިރު ކުރިން އެވްރެޖްކޮށް 13902 ރުފިޔާ ގެއަށް ގެންދަން ލިބޭއިރު އާ ބަދަލާއެކު 21468 ރުފިޔާ ގެއަށްގެންދަން ލިބޭނެކަން ހާމަކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް