ބޮޑު ޖަމާޢަތުގެ އިތުރުން މާލެ ސަރަޙައްދުގެ 27 މިސްކިތެއްގައި ޢީދުނަމާދު ކުރާނެ: މިނިސްޓްރީ

1443 ވަނަ އަހަރުގެ ފިޠުރުޢީދު ނަމާދު، މާލެ ސަރަޙައްދުގައި ބޮޑު ޖަމާޢަތުގައި ކުރާތަންތަނުގެ އިތުރުން މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގެ މިސްކިތްތަކުގެ ތެރެއިން 27 މިސްކިތެއްގައި ކުރާނެ ކަމަށް އިސްލާމިކް...

01 May 2022 | 08:52

1443 ވަނަ އަހަރުގެ ފިޠުރުޢީދު ނަމާދު، މާލެ ސަރަޙައްދުގައި ބޮޑު ޖަމާޢަތުގައި ކުރާތަންތަނުގެ އިތުރުން މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގެ މިސްކިތްތަކުގެ ތެރެއިން 27 މިސްކިތެއްގައި ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

މި އަހަރުގެ ފިޠުރު ޢީދު ދުވަހަކީ، 02 މޭ 2022 ވާ ހޯމަ ދުވަހެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ މާލޭ ސަރަޙައްދުގައި، ފިޠުރު ޢީދު ނަމާދު ކުރުމަށްޓަކައި، އެހެން އަހަރުތަކެކޭވެސް އެއްފަދައިން ވަކި މިސްކިތްތަކާއި މައިދާންތަކެއް ކަނޑައަޅާފައެވެ.

އެގޮތުން މާލޭ ސަރަޙައްދުގައި ފިޠުރުޢީދުގެ ބޮޑު ޖަމާޢަތް ހެދުމަށްޓަކައި ތިން މައިދާނެއް ހަމަޖައްސާފައިވެއެވެ.

އެއީ މާލޭގެ މާފަންނު ސްޓޭޑިއަމް ސަރަޙައްދާއި، ވިލިމާލޭ ފުޓްބޯޅަދަނޑު އަދި ހުޅުމާލޭގެ ސްޓޭޑިއަމް ސަރަޙައްދެވެ.

މީގެ އިތުރުން މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގެ މިސްކިތްތަކުގެ ތެރެއިން 27 މިސްކިތެއްގައި ފިޠުރުޢީދު ނަމާދު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މަސްޖިދުއް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމް

މަސްޖިދު މަލިކި ސަލްމާން

މަސްޖިދުއް ސުލްޠާން މުޙައްމަދު ބިން ޢަބްދިﷲ

މަސްޖިދުލް ފުރްޤާން

މަސްޖިދުއް ނޫރު

މަސްޖިދުއް ޝަހީދު ޢަލީ

މަސްޖިދުއް ސުލްޠާން ޙަސަން ޢިއްޒުއްދީން

މަސްޖިދުއް ސުލްޠާން މުޙައްމަދު ފަރީދުލް އައްވަލް

މަސްޖިދުއް ޝަހީދު ޢަބްދުއްރަޙްމާން (ފަނޑިޔާރު މިސްކިތް)

މަސްޖިދުއް ސުލްޠާން މުޙައްމަދު ޝަމްސުއްދީން

މަސްޖިދު ޞަލާޙުއްދީން

މަސްޖިދު ޖަލާލުއްދީން

މަސްޖިދު އިބްރާހީމް (އިބްރާހީމީ މިސްކިތް)

މަސްޖިދު އިސްކަންދަރު

ވަގުތީ މިސްކިތް (ބޮޑުގެ)

މަސްޖިދުއް ސުލްޠާން މުޙައްމަދު ޢިމާދުއްދީން

މަސްޖިދުއް ޝައިޚް މުޙައްމަދު ޖަމީލްދީދީ

މަސްޖިދު ޢަފީފުއްދީން

ޒިޔާރަތް މިސްކިތް

މަސްޖިދުލް ބިއްރި (ވިލިމާލެ)

މަސްޖިދުއް ޝައިޚް ޤާސިމް ބިން މުޙައްމަދު އާލް ޘާނީ (ހުޅުމާލެ)

ހުޅުމާލެ ވަގުތީ މިސްކިތް (ނޭބަރހުޑް 3)

މަސްޖިދު އަބީބަކްރިނިއް ޞިއްދީޤު (ހުޅުމާލެ ފޭސް 2)

މަސްޖިދު ޢުޘްމާނު ބިން ޢައްފާން (ހުޅުމާލެ ފޭސް 2)

މަސްޖިދު އަމީލް ޖަލީލް (ހުޅުމާލެ ފޭސް 2)

މަސްޖިދުއް ސަބީލް (ހުޅުލެ)

މަސްޖިދުލް އިންތިޞާރު (ހުޅުލެ)

ބޮޑު ޖަމާޢަތް ހެދުމަށް ހަމަޖެހިފައިވާ މައިދާންތަކުގެ އިތުރުން މަތީގައި ބަޔާންކުރެވިފައިވާ މިސްކިތްތަކުގައި ޢީދު ނަމާދުކުރުން ކުރިއަށް ދާނެ ކަަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

ނަމަވެސް، މޫސުން ގޯސްވުމުގެ ސަބަބުން ޢީދުގެ ބޮޑު ޖަމާޢަތް ހެދުމަށް ކަނޑައެޅިފައިވާ 3 ސަރަޙައްދުގައި، ޢީދުގެ ބޮޑު ޖަމާޢަތް ނުބޭއްވޭ ފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ، ޢާންމު ގޮތެއްގައި މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގައި ހުކުރު ނަމާދު ކުރެވޭ ހުރިހާ މިސްކިތްތަކެއްގައި ޢީދު ނަމާދުކުރެވޭނެ ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް