ޓިކެޓްގެ އަގު ބޮޑުވީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއި ގުޅިގެން ކަމުގައި މޯލްޑިވިއަން އިން ބުނެފިއެވެ.
މޯލްޑިވިއަންއިން މިހެން ބުނެފައިވަނީ ޓިކެޓްގެ އަގު ބޮޑުވެފައިވާތީ އެކަމާއި ގުޅޭގޮތުން ދުވަހުން ސުވާލުކުރުމުން އެކަމާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން މޯލްޑިވިއަން އިން ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއެކު ޖެޓްފިއުލްގެ އަގުވެސް އުފުލިފައިވާކަމަށެވެ. އަގަށް ބަދަލު އައީ އެ ސަބަބާއި ހުރެ ކަމަށް މޯލްޑިވިއަން އިން ވިދާޅުވިއެވެ.
މޯލްޑިވިއަންއިން ވަނީ ޑޮމެސްޓިކް އަދި އިންޓަނޭޝަނަލް ފްލައިޓްސްތަކުގެ ޓިކެޓްގެ އަގުވެސް ބޮޑުކޮށްފައެވެ. އެގޮތުން ޑޮމެސްޓިކް ހުރިހާ މަންޒިލަކަށްވެސް ޓިކެޓަކުން 180 ރުފިޔާ ވަނީ ބޮޑުކޮށްފައެވެ.
ރަޝިޔާ އިން މީގެ ތިން މަސްކުރިން ޔޫކްރޭނަށް އަރައިގަންނަން ފެށި މަސައްކަތާއެކު ދުނިޔޭގެ ތެލުގެ އަންނަނީ ބޮޑުތަނުން އުފުލެމުންނެވެ. އެގޮތުން މޯލްޑިވިއަންއިން ފާހަގަކުރާގޮތުގައި ޖެޓްފިއުލްގެ އަގުވެސް މިދިޔަ އަހަރުގެ އޮކްޓޯބަރ މަހާއި އަޅާބަލާއިރު ވަނީ 40% އުފުލިފައެވެ. ކުރިން 0.88 ޑޮލަރަށް ލިބޭ ޖެޓްފިއުލް ލިޓަރެއް މިހާރު ލިބެނީ 1.24 ޑޮލަރަށްކަން މޯލްޑިވިއަންއިން ފާހަގަކުރެއެވެ.
މޯލްޑިވިއަން އިން ޓިކެޓްގެ އަގުތަކަށް މި ގެނައި ބަދަލުތަކާއި ގުޅިގެން އާންމުން އަންނަނީ މިކަމުގައި ނުރުހުން ފާޅުކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް