ބީއެމްއެލް "ވާއު ކިޑްސް ރަން" ބާއްވާ ދުވަސް ކައިރިވަނީ، ރެޖިސްޓްރީ ކޮށްލާ!

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ފިޓްނަސް ގްރޫޕް (ޓީއެފްޖީ) ގުޅިގެން ކުރިއަށް ގެންދާ "ބީއެމްއެލް ވައު ކިޑްސް ރަން 2022" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. މިއަހަރުގެ ދުވުން ކުރިޔަ...

01 May 2022 | 06:12

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ފިޓްނަސް ގްރޫޕް (ޓީއެފްޖީ) ގުޅިގެން ކުރިއަށް ގެންދާ "ބީއެމްއެލް ވައު ކިޑްސް ރަން 2022" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މިއަހަރުގެ ދުވުން ކުރިޔަށް ގެންދަން ހަމަޖައްސާފައިވަނީ މިމަހުގެ13 ވަނަ ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައި އެވެ. ދުވުން ފެށުމަށް ހަމަޖެހިފައިވަނީ އެ ދުވަހުގެ ހެނދުނު6:10 ގައި އެވެ.

އެހެން އަހަރު ތަކެކޭ އެއްގޮތަށް މިއަހަރުގެ ދުވުމުގައި ހަތަރު އުމުރުފުރާއަކުން ކުދިންނަށް ދުވުމުގައި ބައިވެރިވެވޭނެ އެވެ. އެއީ

1 ހަތަރު ކިލޯ މީޓަރުގެ ދުވުން ހެނދުނު 06:10 (10-12 އުމުރުފުރާގެ ކުދިން)

2 ތިން ކިލޯ މީޓަރުގެ ދުވުން ހެނދުނު 06:30 (8-10 އުމުރުފުރާގެ ކުދިން ބެލެނިވެރިންނާއެކު)

3 ދެ ކިލޯ މީޓަރުގެ ދުވުން ހެނދުނު 06:50 (06-08 އުމުރުފުރާގެ ކުދިން ބެލެނިވެރިންނާއެކު)

4 އެއް ކިލޯ މީޓަރުގެ ދުވުން ހެނދުނު 07:10 (04-06 އުމުރުފުރާގެ ކުދިން ބެލެނިވެރިންނާއެކު)

މިއީ ދުޅަހެޔޮ ސިއްހަތެއްގައި ތިިބުމުގެ މުހިންމުކަން ކުޑަކުދިންނަށް އުނގަންނައިދިނުމުގެ މަގުސަދުގައި ކުރިއަށްގެންދާ ހަރަކާތެކެވެ. ދުވުމުގައި ރެޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އޮންލައިންކޮށެވެ.

ބީއެމްއެލް އިން ބުނެފައިވާ ގޮތުގައި ހަތަރު ކިލޯ މީޓަރު ދުވުމުގައި ބައިވެރިވުމަށް 199 ރުފިޔާގެ ފީއެއް ދައްކަން ޖެހޭނެ އެވެ. އެހެން ކެޓަގަރީތަކުގައި ބައިވެރިވުމަށް ދައްކަންޖެހޭނީ 299 ރުފިޔާ އެވެ.

ކޮންމެ އަހަރަކު މި ދުވުމުގައި ބައިވެރިވުމަށް ދައްކާ ފައިސ،ާ ބީއެމްއެލްއިން ހަދިޔާ ކުރަމުންދަނީ ރާއްޖޭގައި ހިލޭސާބަހަށް ހިންގާ ޖަމިއްޔާތަކަށެވެ.

އެންމެ ފަހުން މިދިޔަ ޑިސެމްބަރު މަހު 900 އަށްވުރެ ގިނަ ބައިވެރިންނާއި އެކު ބޭއްވި ދުވުމުން ލިބުނު ފައިސާ ހަދިޔާ ކުރީ މޯލްޑިވްސް އެސޯސިއޭޝަން ފޯރ ޕަރސަންސް ވިތް ޑިސަބިލިޓީސް އަށެވެ. އެ ޖަމިއްޔާއަށް ބީއެމްއެލްއިން އެއް ލައްކަ ރުފިޔާ ހަދިޔާކުރި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް