މިއަދު ހަވީރު 6:00 ގެ ނިޔަލަށް ބަނޑޭރި ޕޯޓަލްއިން ފިތުރު ޒަކާތް ދެއްކޭނެ

ފިނޭންސް މިނިސްޓްރީގެ ބަނޑޭރި ޕޯޓަލް މެދުވެރިކޮށް މިހާރުވެސް ފިތުރު ޒަކާތް ދެއްކޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ. މިއަހަރު ފިތުރު ޒަކާތް ބަލައިގެންނަމުން ދަނީ ގޮވާމުންނާއި ފައިސާއިންނެވެ...

01 May 2022 | 05:47

ފިނޭންސް މިނިސްޓްރީގެ ބަނޑޭރި ޕޯޓަލް މެދުވެރިކޮށް މިހާރުވެސް ފިތުރު ޒަކާތް ދެއްކޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

މިއަހަރު ފިތުރު ޒަކާތް ބަލައިގެންނަމުން ދަނީ ގޮވާމުންނާއި ފައިސާއިންނެވެ. ފައިސާއިން ޒަކާތް ދައްކާ މީހުންނަށް އޮންލައިންކޮށް އަދި މިނިސްޓްރީ ނުވަތަ ކައުންސިލްތަކަށް ގޮސްގެން ޒަކާތް ދެއްކުމުގެ އިންތިޒާމް ހަމަޖެއްސި އެވެ.

ފައިސާއިން ޒަކާތް ބަލައިގަތުން އިއްޔެގެ ނިޔަލަށް ވަނީ ހަމަވެފަ އެވެ. އެކަމަކު އިސްލާމިކް މިނިސްޓްރީން ވަނީ ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ޒަކާތް ދެއްކޭެނެ މުއްދަތު އިތުރުކޮށްފަ އެވެ.

އެ މިނިސްޓްރީން ބުނީ އެ ޕޯޓަލް މެދުވެރިކޮށް މިއަދު ހަވީރު6:00 ގެ ނިޔަލަށް ޒަކާތް ދެއްކޭނެ ކަމަށެވެ. އަދި މިއަދުގެ ނިޔަލަށް ގޮވާމުންވެސް ޒަކާތް ބަލައިގެންނާނެ ކަމަށެވެ.

ޒަކާތުގެ ގޮތުގައި މިއަހަރު ބަލައިގެންފަ ވަނީ:

އާދައިގެ ހަނޑޫ: 12 ރުފިޔާ

ތައިލެންޑް ހުދު ހަނޑޫ: 77 ރުފިޔާ

ރަތް ހަނޑޫ: 72 ރުފިޔާ

ބާސްމަތީ ހަނޑޫ (އާދައިގެ): 77 ރުފިޔާ

ބާސްމަތީ ހަނޑޫ (މޮޅު): 90 ރުފިޔާ

ބާސްމަތީ ހަނޑޫ (އެންމެ މޮޅު): 132 ރުފިޔާ

އާދައިގެ ފުށް: 12 ރުފިޔާ

އާޓާ ފުށް: 75 ރުފިޔާ

އެހެން އަހަރު ތަކާއި ހިލާފަށް މިއަހަރު އޮންލައިންކޮށް ބޭނުން ކޮންމެ ރަށަކަށް ޒަކާތް ދެއްކުމުގެ އިންތިޒާމް އިސްލާމިކް މިނިސްޓްރީން ހަމަޖައްސައި ދިނެވެ. އެ މިނިސްޓްރީން ބުނީ އެ ފައިސާ ކަނޑައެޅިފައިވާ ވަގުތުގައި ފަގީރުންނަށް ބެހޭނެ އިންތިޒާމް ހަމަޖެއްސުމަށް ރަށްރަށުގެ ކައުންސިލްތަކާއި ހަވާލު ކުރާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް