މޫސުމަށް ސަމާލުވޭ، ރާއްޖޭގެ ބޮޑުބަޔަކަށް މިއަދު ގަދަވަޔާއި އެކު ވިއްސާރަ ކުރާނެ

ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދު މޫސުން ގޯސްވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފި އެވެ. މޫސުން ގޯސްވާނެތީ ނ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ދެމެދަށް މިހާރު އޮތީ ވައިޓް އެލާޓު ނެރެފަ އެވެ....

01 May 2022 | 05:17

ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދު މޫސުން ގޯސްވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފި އެވެ.

މޫސުން ގޯސްވާނެތީ ނ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ދެމެދަށް މިހާރު އޮތީ ވައިޓް އެލާޓު ނެރެފަ އެވެ. އެ ލާޓުގެ މުއްދަތަކީ 8:00 ން މެންދުރު ފަހު 2:00 އެވެ.

މި ވަގުތުތަކުގައި އެ ސަރަހައްދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެ އެވެ. އަދި އާންމު ގޮތެއްގައި ވައި ޖެހޭނީ ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރު މިނުގައި ކަމަށް ބުނެފައިވެ އެވެ.

މެޓް އޮފީހުން ބުނީ މިއަދުން ފެށިގެން ކުރިޔަށް އޮތް ހަފްތާއެއްހާ ދުވަހަށް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ މޫސުން ގޯސްވާނެ ކަމަށެވެ. އެ އިދާރާއިން ވަނީ މޫސުމަށް ސަމާލުމަށް އިލްތިމާސް ކޮށްފަ އެވެ.

އެމްއެންޑީއެފް ކޯސްޓު ގާޑުން ވަނީ ކަނޑުުތައް ގަދަވާނެތީ މޫސުމަށް ސަމާލުވެގެން ކަނޑުދަތުރު ކުރުމަށް އިލްތިމާސްކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް