ކޯވިޑް ޖެހިގެން ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެ އެވެ.
މަރުވެފައިވަނީ އުމުރުން39 އަހަރުގެ،ބަންގްލަދޭޝްއަށް ނިސްބަތްވާ ރައްޔިތެކެވެ.
އެމީހާ މަރުވީ މިރޭ 8:31 ގައި ކަމަށް އެޗްޕީއޭއިން ބުނެ އެވެ.
މަރުވި އިރު އެމީހާއަށް ފަރުވާ ދެމުން ދިޔައީ ޑީއެޗް 11 ގައި އެވެ.
މިއީ މި ބަލީގައި ރާއްޖެއިން މަރުވި 74 ވަނަ މީހާ އެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް 30،237 މީހުން ޕޮސިޓިވްވެފަ ވެއެވެ. މި ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވެފައިވަނީ 24،934 މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް