މިއަދު 402 ކޭސްއާއި އެކު ކޯވިޑަށް ފަރުވާދޭ މީހުންގެ އަދަދު 5،000 އަށް

ކޯވިޑް-19 އަށް އިތުރު 402 މީހުން ޕޮސިޓިވް ވެއްޖެ އެވެ. މިއަދު މާލެ ޕޮސިޓިވްވެފައިވަނީ 174 މީހުންނެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 179 މީހަކު ޕޮސިޓިވްވެފައިވާއިރު ރިސޯޓުތަކުން ހަ މީހަކު ޕޮސ...

01 May 2021 | 17:36

ކޯވިޑް-19 އަށް އިތުރު 402 މީހުން ޕޮސިޓިވް ވެއްޖެ އެވެ.

މިއަދު މާލެ ޕޮސިޓިވްވެފައިވަނީ 174 މީހުންނެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 179 މީހަކު ޕޮސިޓިވްވެފައިވާއިރު ރިސޯޓުތަކުން ހަ މީހަކު ޕޮސިޓިވްވެފައިވެ އެވެ. ދެން ޕޮސިޓިވްވެފައިވަނީ އިންޑަސްޓްރިއަލް ރަށްތަކުން 43 މީހުންނެވެ.

މިއަދު ކޯވިޑަށް ޓެސްޓުކޮށްފައި ވަނީ 3،854 ސާމްޕަލެވެ.

މިވަގުތު 5،221 މީހަކަށް ކޯވިޑް ޖެހިގެން ދަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން 164 މީހަކަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.

ކޯވިޑް ޖެހުނު މީހުންގެ ތެރެއިން މިދިޔަ 24 ގަޑިއިރު ތެރޭގައި 159 މީހަކު ވަނީ ބަލިން ރަނގަޅުވެފައި އެވެ. މިއާއި އެކު ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 24،934 އަށް އަރާފައި އެވެ.

ކޯވިޑް ޖެހިގެން މިހާތަނަށް މަރުވެފައިވަނީ 73 މީހުންނެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް ޕޮސިޓިވް ވެފައިވަނީ 30،237 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް