ޢަބްދުﷲ މުއާޒް (މުއާ) ޑައިރެކްޓްކޮށް ލީޑްރޯލް ކުޅިފައިވާ 'ރުޤްޔާ' ޑްރާމާއިން ދައްކުވައިދެނީ ގޮތް ހުސްވެ މާޔޫސްވެފައިވާ ދެ އަންހެނުންނެވެ.
ރުޤްޔާގެ ނަމުގައި، އެކަން ހަގީގަތުގައި ނޭނގޭ މީހެއް ކުރާ ކަންތައްތައް ޤަބޫލުކޮށް، ދެބެންނަށް ހިމާޔަތް ދޭން ހުރި މީހާގެ ފުށުންވެސް އެހީތެރިކަން ނުލިބި، ބިކަވެފައިވާ ދެބެން މި ޑްރާމާއިން ދައްކުވައިދެއެވެ.
'ޔާރާ ސިސްޓާސް' ފެނިގެންދާ ރާއްޖެ ޓީވީން ދެއްކި މި ފިލްމުގައި ދެން ހަރަކާތްތެރި ވަނީ އަޙުމަދު އީސަ (އާނަންނު) އާއި ޢަހުމަދު ޝަރީފެވެ. ފޭކު ރުޤްޔާ ކުރާ މީހެއް ދައްކުވައިދޭ މި ޑްރާގާމައި، ހިތަށް އަސަރުކުރުވާ، ހިތްދަތި ކަންތައްތަކެއް ދެބެއިންނަށް ދިމާވެއެވެ. އެކަނި ހުރެ ބަލައިފިނަމަ ޔަގީނުންވެސް ލޮލުން ކަރުނަ އަންނާނެއެވެ.
ރުޤްޔާގެ ނަމުގައު އޮޅުވާލައިގެން އުޅުމަކީ ރާއްޖޭގައިވެސް ކުރާ ކަމެކެވެ. މިފަދަ ކަންކަން ދިމާވެފައި ތިބި މީހުން ރާއްޖޭގައި ވެސް އެބަތިއްބެވެ.
އެފަދަ މީހުންގެ ވާހަކަތައް އަޑުއަހާލުމުން ގައިން ހީބިހި ނަގައިގެން ދާވަރު ވެއެވެ. އަދި އޭގެ ސަބަބުން އެމީހުންނަށް ނަފްސާނީ ގޮތުންނާއު ޖިސްމާނީ ގޮތުން މީހުނަށް އެކަމުގެ އަސަރު ކުރެއެވެ. އެހެންކަމުން މިފަދަ ކަންކަމަށް އެންމެންވެސް ސަމާލުވާން ވާނެއެވެ.
ޝަރުޢީ ރުޤްޔާއަކީ ހަދީޘުންވެސް އަދި ސުންނަތުން ވެސް ޘާބިތުވާ ކަމެކެވެ. އަދި އެއީ ޝިފާއެއްވެސްމެއެވެ. ނަމަވެސް އެނަމުގައި އޮޅުވާލައިގެން އުޅޭމީހުންވެސް އަހަރެމެންގެ މުޖުތަމައުގެ ތެރޭގައި އެބަ އުޅެއެވެ.
ރުޤްޔާ ޑްރާމާ ބައްލަމާލެއްލުމަށް: https://www.facebook.com/watch/live/?v=479440173369892&ref=watch_permalink
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް