އަފްޣާނިސްތާނުގެ ލޮގާރް ޕްރޮވިންސްގެ ޕުލޭޢާލަމްގައި ދިން ޓެރަރިސްޓް ޙަމަލާއާ ގުޅިގެން، އެޤައުމުގެ ޚާރިޖީ ވަޒީރު މުޙައްމަދު ޙަނީފް އަތުމާރު އަށް ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ޙަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.
މިނިސްޓަރ ޝާހިދުގެ މެސެޖްގައި ވިދާޅުވީ މި ޙަމަލާގެ ޚަބަރު އެއްސެވީ ފުން ހިތާމަޔާއެކުގައި ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ހުރިހާ ބާވަތެއްގެ ޓެރަރިޒަމްއާ ދެކޮޅަށް ރާއްޖެއިން އަބަދުވެސް މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން އެރުވި އެވެ.
30 އަށްވުރެ ގިނަ މީހުން މަރުވެ، 90 އަށްވުރެ ގިނަ މީހުން ޒަޚަމްވި މި އަނިޔާވެރި ޙަމަލާ ދިވެހިރާއްޖެއިން ކުށްވެރި ކުރާކަމަށް މެސެޖުގައި ވިދާޅުވެފައިވެ އެވެ. އެގޮތުން ގިނަ އަދަދެއްގެ ޔުނިވަރސިޓީ ދަރިވަރުން ހިމެނޭ ގޮތަށް އާއްމުންގެ އެތައް ބަޔަކު ރޯދަ ވީއްލަން ތިބި ތަނަކަށް މިފަދަ ޙަމަލާއެއް ދިނުން ކުށްވެރި ކުރައްވާކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.
މިނިސްޓަރ ޝާހިދުގެ މެސެޖްގައި، މިހަމަލާގައި މަރުވި ފަރާތްތަކުގެ އާއިލާތަކަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އެމަނިކުފާނު ތައުޒިޔާ ފޮނުއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް