މަސްތުވާތަކެތީގެ މައްސަލައެއްގައި 30 އަހަރުގެ ޒުވާން އަންހެނަކު ހައްޔަރުކޮށްފިއެވެ.
އޭނާ ނިސްބަތްވާ ރ. މަޑުއްވަރީ، ކޯޓުން ނެރުނު ބަންދު އަމުރުގައި ބުނީ އައިޝަތު ނަޝާޔާ 30އ ގެ މައްޗަށް، މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމުގެ ތުހުމަތު ފުލުހުން ކުރާ ކަމަށެވެ.
އެހެންކަމުން ނަޝާޔާ ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.
ބަންދު އަމުރުގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އޭނާއަކީ ކުރިންވެސް ކުށުގެ ރެކޯޑް އޮންނަ މީހެކެވެ.
މިގޮތުން އެ ރިކޯޑްތަކުން ދައްކާ ގޮތުގައި މަސްތުވާތަކެތީގެ މައްސަލައެއްގައި މީގެ ކުރިންވެސް އޭނާ ހައްޔަރުކޮށްފައި ވެއެވެ. އަދި ކޯޓުން ބަލަމުން ދިޔަ މައްސަލައަކާ ގުޅިގެން އޭނާ ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރުމުގެ އަމުރެއްވެސް މީގެ ކުރިން ވަނީ ނެރެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް