ކުރީގެ އަންހެނުންނަށް ބިރުދައްކާ، ބްލެކްމެއިލް ކުރަމުންދިޔަ މައްސަލައެއްގައި 57 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
ކްރިމިނަލް ކޯޓުން އޭނާ ބަންދުކުރަން ނެރުނު އަމުރުގައި ބުނީ އޭނާގެ މައްޗަށް ކުރެވެނީ ހުއްދަ ނެތި ގޯތިގެދޮރަށް ވަނުމާއި، އޮރިޔާން ކާޑު ގެންގުޅުމާއި، ބްލެކްމެއިލް ކުރުމާއި، ބިރުދެއްކުމުގެ ތުހުމަތު ކަމަށެވެ.
އަދި އެ ހާދިސާގެ ރިޕޯޓާއި، އަނިޔާ ލިބުނު މީހާގެ ބަޔާނާއި އިތުރު ހެކިތައްވެސް ލިބިފައި ވާތީ ތުހުމަތު ކުރެވޭ ކުށްތައް އޭނާ ކުރިކަމަށް ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހަޅާފައިވާ ކަމަށް ބަންދު އަމުރުގައި ބުނެފައި ވެއެވެ.
އެހެންކަމުން މިއަދު ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަަށް 10 ދުވަސް ޖަހާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް