މަޑުއްވަރީގައި ބޭބެއަށް ވަޅިން ހަމަލަދިން މައްސަލައިގާ ކޮއްކޮ ހައްޔަރު !

ރ. މަޑުއްވަރީގައި އެއްބަނޑު އެއްބަފާ ބޭބެއަށް ވަޅިން ހަމަލަ ދިން މައްސަލައިގާ މީހަކު ހައްޔަރުކޮށްފިއެވެ. ހައްޔަރުކޮށްފައިވަނީ ހަމަލައިގާ ޒަޚަމްވި މީހާގެ ކޮއްކޮއެވެ. މީޑިއާތަކަށް ހެނދުނު ފޮނުވި މެސެޖެއ...

01 Apr 2025 | 07:12

ރ. މަޑުއްވަރީގައި އެއްބަނޑު އެއްބަފާ ބޭބެއަށް ވަޅިން ހަމަލަ ދިން މައްސަލައިގާ މީހަކު ހައްޔަރުކޮށްފިއެވެ. ހައްޔަރުކޮށްފައިވަނީ ހަމަލައިގާ ޒަޚަމްވި މީހާގެ ކޮއްކޮއެވެ.

މީޑިއާތަކަށް ހެނދުނު ފޮނުވި މެސެޖެއްގައި ފުލުހުން ބުނެފައިވަނީ ރ. މަޑުއްވަރީގައި ދެމީހެއްގެ މެދުގައި ހިންގި މާރާމާރީއެއްގެ މައްސަލައެއް ރޭ 11:28 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކުރި ކަމަށެވެ.

"މި މާރާމާރީގައި އަނިޔާވި މީހާއަށް ރ. މަޑުއްވަރީ ހެލްތު ސެންޓަރުގައި ފަރުވާ ދީފައިވޭ" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ މި މައްސަލައިގެ ތުހުމަތުގައި އުމުރުން 35 އަހަރުގެ ދިވެހި ފިރިހެނަކު ރޭގެ ވަގުތެއްގައި ފުލުހުންގެ ބެލުމުގެ ދަށަސް ގެނެސްފައިވާކަމަށެވެ.

ދުވަހަށް އެނގިފައިވާގޮތުގައި މި މައްސަލައިގާ ހައްޔަރުކޮށްފައިވަނީ އެ ރަށު، ބީޗް ހައުސް، އިސްމާއިލް އާސިފެވެ. އާސިފަކީ 2019ގެ ފަހުކޮޅު، ލަނޑާ ނަގާ ދޯންޏެއްގައި އެ ރަށު އިސްމާއިލް ހައްމާދަށް ވަޅިން ހަމަލަދީ މޫދަށް އެއްލާލި މައްސަލައާއި ގުޅިގެން 10 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވާ ފަރާތެކެވެ.

އެ ރަށުން މައުލޫމާތު ހިއްސާކުރި ބައެއް ފަރާތްތަކުން ބުނެފައިވަނީ އާސިފް މިނިވަންވެ، ރަށަށް އައީ ވަރަށް ފަހުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް