ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ދައުލަތުގެ ވިޔަފާރި ކުންފުނިތައް ސިޔާސީ ގޮތުން ބޭނުން ކުރުމުގެ ސަބަބުން އެ ކުންފުނިތައް އޮތީ ބަނގުރޫޓުވުމާ ގާތުގައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ ރައީސް އޮފީހުން ކުރިއަށްގެންދާ "ރައީސްގެ ޖަވާބު" ސެގްމެންޓްގައި ސ. ހިތަދޫ، ޒެޓައިރު، ނައުޝާދު އަބްދުއްރައްޒާގު ރައީސަށް ކުރި ސުވާލަކަށް ދެއްވި ޖަވާބުގައެވެ.
ނައުޝާދުގެ ސުވާލުގައި އަހާފައިވަނީ ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ ކުންފުނިތަކުގަ ސަރުކާރު ހިއްސާވާ ކުންފުނިތަކުގަ ވަރަށް ބައިވަރު ދަރަނިތައް ހުރިއިރު އެ ދަރަނިތައް ރީސްޓްރަކްޗަރ ކުރުމަށްޓަކައި ރައީސް ގެންގުޅުއްވާ ސިޔާސަތާއި ގުޅޭގޮތުންނެވެ.
ޖަވާބުގައި ރައީސް ވިދާޅުވީ މިދިޔަ ސަރުކާރު ކުންފުނިތައް ހުރީ ވަރަށް ބޮޑަށް މިސްޔޫޒްކޮށްފައި ކަމަށާއި ކުންފުނިތަކުގެ އޮންނަ އުސޫލުތަކާ ހިލާފަށް ކުންފުނިތަކުގެ ބޭނުން ސިޔާސީ ގޮތުން ކުރުމުގެ ސަބަބުން ކުންފުނިތައް އޮތީ ހަލާކުވުމުގެ ތެރޭގައި ކަމަށެވެ.
"ވަރަށްގިނަ ކުންފުނިތައް ބަނގުރޫޓުވުމާ ހަމައަށް ގޮސްފަ އޮތީ، ބޮޑެތި ދެތިން ކުންފުނިފިޔަވާ ފައިދާވާ އެއްވެސް ކުންފުންޏެއްނެތި އޮތީ" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ މި ސަރުކާރުން ކުރަނީ ލޯނުތައް ނުވަތަ ދަރަނިތަކަށް ރަނގަޅު ބަދަލެއް ގެނައުމުގެ މަސައްކަތް ކަމަށާއި އެކަމާބެހޭ އެކިއެކި ބޭންކްތަކާ ވާހަކަދައްކައިގެން ކުންފުނިތަކަށް ރަނގަޅު ބްރީތިން ސްޕޭސްއެއް ހޯދުމުގެ މަސައްކަތް ކުރިއަށްގެންދަން ކަމަށެވެ. އަދި ކުންފުނިތަކުން އާންމުންނަށް ދަރާފައިވާ ދަރަނިތައްވެސް ޕެރެލަލީ އެއްފަހަރާ ދެއްކުމުގެ ޕްލޭންތައް ހެދިގެން އެކި ފަރާތްތަކަށް ކްރެޑިޓާސް އަށް ދޭންޖެހޭ ފައިސާ ދެއްކުމުގެ ހުރިހާ ކަމެއް ރޭވިގެން ކުރިއަށްގެންދާކަމުގައިވެސް ރައީށް ވިދާޅުވިއެވެ.
ވަރަށް ހާލުގަ ރާއްޖޭގެ އިގްތިސާދު އޮތީ އަޅުގަނޑުމެން ހަވާލުވިއިރުގަ، އޭގެ ތެރެއިން އެންމެ ބޮޑު ފަރާތަކީ ސަރުކާރު ހިއްސާވާ ކުންފުނިތައް ހަރުދަނާ ކުރުމަކީ އިގްތިސާދު ހަރުދަނާ ކުރުމުގަ ސަރުކާރުން ސަމާލުކަންދޭ އެންމެ މުހިންމު ކަންތައް
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް