އެއްވެސް ޝަރުތަކާ ނުލާ ރައީސް ސޯލިހަށް ބައިއަތު ހިފައިފިން: މިނިސްޓަރު މައުސޫމް

އެއްވެސް ޝަރުތަކާ ނުލާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ބައިއަތު ހިފާކަމުގައި ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ރައީސް ސޯލިހާއި ސަލާން ކުރައްވާ ފޮޓ...

01 Apr 2023 | 16:41

އެއްވެސް ޝަރުތަކާ ނުލާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ބައިއަތު ހިފާކަމުގައި ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ރައީސް ސޯލިހާއި ސަލާން ކުރައްވާ ފޮޓޯއަކާއެކު ސޯޝަލް މީޑިއާއަށް ދޫކުރެއްވި މެސެޖެއްގައެވެ.

އެ މެސެޖުގައި މައުސޫމް ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ލިބުމަކީ ރާއްޖެއަށާއި ރައްޔިތުންނަށް، އަދި ކިއެއްތަ މުޅި ދިވެހި ދައުލަތަށް އެންމެ ފައިދާ ބޮޑު ގޮތްކަމަށް ގަބޫލުފުޅުކުރައްވާކަމަށެވެ.

” ރައީސް އިބޫއަށް އެއްވެސް ޝަރުތަކާ ނުލައި ތާއީދުކޮށް، ބައިއަތުހިފާ މިކަން އެންމެކަތުންނަށް އަންގާލުމަށް މި ފޮޓޯއާއި މި ވާހަކަ ހިއްސާކޮށްލީމެވެ" މައުސޫމް ވިދާޅުވެފައިވެއެވެ.

https://twitter.com/Mausoom_Maus/status/1642202725579464707

މައުސޫމް ރައީސް ސޯލިހަށް ބައިއަތު ހިފިނަމަވެސް މައުސޫމް ނިސްބަތްވެވަޑައިގަންނަވާ ޖުމްހޫރީ ޕާޓީން ވަކިވިކަން އަދި ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް