ރޯދަ ހަދިޔާ ލިބޭނެކަމަށްބުނެ ސްކޭމްތަކެއް ހިންގަމުން އަންނަ ކަމުގައި ފުލުހުން ބުނެފިއެވެ.
ފުލުހުން ދެންމެ ބުނެފައިވަނީ ރޯދަ ހަދިޔާ ލިބޭނެކަމަށްބުނެ އެކި ކުންފުނިތަކުގެ ނަމުގައި ސްކޭމް މެސެޖުޔަކެއް ކުރަމުންދާކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ.
"މިކަން މިދަނީ ބަލަމުން، އަދި މި މެސެޖުތަކުގައިވާ އެއްވެސް ލިންކަކަށް ކްލިކް ނުކުރުމަށް ދަންނަވަން" ފުލުހުން ބުނެފައިވެއެވެ.
އިއްޔެއިން ފެށިގެން ގިނަ ބަޔަކު އަންނަނީ މިފަދަ މެސެޖުތަކެއް ސޯޝަލް މީޑިއާގައި ދައުރު ކުރަމުންނެވެ. ދައުރުކުރަމުން އަންނަ އެ މެސެޖުގައިވާ ސްކޭމްގައި ބުނަނީ ހާހުން ހާހުން ރުފިޔާ ލިބޭ ކަމަށެވެ. ރުފިޔާ ލިބިފައިވާކަމަށާއި ނަމަވެސް ކްލޭމް ކުރެވޭނީ މިވެނި އެވެނި އަދަދަކަށް ރަހުމަތްތެރިންނަށް ހިއްސާކޮށްގެން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް