ގާސިމް އިބްރާހިމް ކިޔާ ޅެން ފަރިހި އަޑު އަހަން ދިވެހިންގެ މެޖޯރިޓީ ބޭނުން ނުވާކަމުގައި ޝުޖާއު ހުސެއިން ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފައިވާ ޝުޖާއު މިހެން ވިދާޅުވީ ގާސިމް މިއަދު ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވަމުންނެވެ.
ޖޭޕީން ބަދުނާމުކޮށް ޖޭޕީން ބަޔަކު ވަކިވާތީ ގާސިމް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ ވަކިވާ ފަރާތްތަކުން ވަކިވަނީ މަގާމުގެ ދިފާއުގައި ކަމަށެވެ.
ގާސިމްގެ އެ ޓްވީޓް ކުއޯޓް ކުރައްވައި ޝުޖާއު ވިދާޅުވެފައިވަނީ ގާސިމް ކޮންމެ ގަނޑެއް ގަތަސް އެއީ "އެއީ ދީނަށްޓަކައި، ގައުމަށްޓަކައި" ކަމަށެވެ. އެހެން މީހަކު ކަމެއް ކޮށްފިއްޔާ އެއީ ކޮންމެވެސް އަމިއްލަ އެދުމަށް ކަމަށް ވަނީ ކަމަށެވެ.
"ގާސިމަށް ދަންނަވާލަން އޮތީ، ތިޔަ ކިޔާ ޅެން ފަރިހި އަޑުއަހާކަށް ދިވެހިންގެ މެޖޯރިޓީ ބޭނުމެއް ނުވޭ" ޝުޖާއު ވިދާޅުވެފައިވެއެވެ.
https://twitter.com/alameershujau/status/1642189424325976064
ޝުޖާއު މިހެން ވިދާޅުވެފައިވާއިރު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވާފައިވާ މަދު ބޭފުޅުންގެ ތެރޭގައި ޝުޖާއު ހިމެނިވަޑައިގަންނަވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް