ޖުމްހޫރީ ޕާޓީއިން ވަކިވަމުންދަނީ މަގާމުގެ ދިފާއުގައި ކަމަށް ވިދާޅުވެ ޕާޓީ ބަދުނާމުނުކުރުމަށް ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެދިލައްވައިފިއެވެ.
އެންމެ ފަހުން އެ ޕާޓީން ބޭއްވި ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތުގެ ފޮޓޯއަކާއެކު ގާސިމް ވިދާޅުވެފައިވަނީ ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ޖޭޕީގެ ބައެއް ބޭފުޅުން އެބޭފުޅުންގެ މަގާމު ދިފާއު ކުރެއްވުމުގެ ނިޔަތުގައި ޕާޓީއާއި ޕާޓީގެ ލީޑަޝިޕް ބަދުނާމު ނުކުރައްވާ ކަމުގެ ހަގީގަތާ އެއްގޮތަށް ވަޒީފާގެ ބޭނުމަށްޓަކައި ޕާޓީން ވަކިވާކަން އިއުލާނުކުރުން ރަނގަޅުވާނެ ކަމަށެވެ.
ގާސިމް މިހެން ވިދާޅުވެފައިވާއިރު ރިޔާސީ އިންތިހާބުގައި އެ ޕާޓީން ވާދަކުރަން ނިންމި ފަހުން ބަޔަކު ވަނީ އެ ޕާޓީން ވަކިވެފައެވެ. އޭގެ ތެރޭގައި ބައެއް އެމްޑީންނާއި ސިޔާސީ ބައެއް މަގާމުތަކުގައި ތިއްބެވި ބޭބޭފުޅުން ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް