ލ. ގަމުގައި މިހާރު ފެށިގެން ކުރިޔަށްދާ ގަން ތުނޑީ ކައުންސިލް ރަމަޟާން ކަޕް ފުޓްސަލް މުބާރާތުގައި ރޭގައިވެސް ފޯރިގަދަ މެޗުތަކެއް ވަނީ ކުޅެފައެވެ.
ރޭގައި ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ ބެސްޓް ބޯއީސް އާއި ފޮއެމަތިއެވެ. މިމެޗު 2-5 ގެ ނަތީޖާއިން ކާމިޔާބު ކުރީ ބެސްޓް ބޯއީޒްއެވެ. މި މެޗުގައި ބެސްޓް އަށް ލަނޑުތައް ޖަހައިދިނީ ހަސަން ފަރީދު، އަޙުމަދު އަޒުމަތް، އަދި ހުސެއިން ރައޫފްއެވެ. ފޮއެމައްޗަށް ލަނޑުތައް ޖަހައިދިނީ މުޙައްމަދު ރަޒާން އަދި މުޙައްމަދު ޖިނާހުއެވެެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ ބެސްޓަށް ދެ ލަނޑު ޖަހައިދިން ހަސަން ފަރީދުއެވެ.
އަދި ރޭގެ ދެވަނަ މެޗުގައި ބައްދަލުކުރީ ޑީކޭއެންޒެޑް އާއި ސުބަރުއެވެ. މި މެޗު 2-7 ގެ ނަތީޖާއިން ކާމިޔާބު ކުރީ ސުބަރުންނެވެ. މި މެޗުގައި ސުބަރަށް ލަނޑުތައް ޖަހައިދިނީ ހުސެއިން އަލީ އިސްމާއީލް ވަޖީޙު، އިސްމާޢީލް އަފާޒް އަދި ސާމިން މުހައްމަދުއެވެ. އަދި ޑީކޭއެންޒެޑް އަށް ލަނޑުތައް ޖަހައިދިނީ އަޙުމަދު ސާމިޒް އާއި މުޙައްމަދު ޖުމާންއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ ސުބަރަށް ތިން ލަނޑު ޖަހައިދިން ސާމިން މުޙައްމަދުއެވެ.
ރޭގެ ފަހު މެޗުގައި ބައްދަލުކުރީ ޔޫތް ރިވޮލިއުޝަން ކުލަބާއި ސްޕާކް ޕަލަގްއެވެ. މި މެޗު 2-12 ގެ ނަތީޖާއިން ކާމިޔާބު ކުރީ ޔޫތް ރިވޮލިއުޝަން ކުލަބުންނެވެ. މި މެޗުގައި ޔޫތް ރިވޮލިއުޝަން ކުލަބަށް ލަނޑުތައް ޖަހައިދިނީ އަލީ އަޖްމަލް ދެ ލަނޑު، ހައްޔާން ޝަރީފް ހަތަރު ލަނޑު، އަޙުމަދު ރަޝީދު ދެ ލަނޑު، ރަޒާން އަބްދުލް އާއި އަޙުމަދު އިޔާން އެއް ލަނޑު، އަދި އަލީ އަރުޝަދު ދެ ލަނޑެވެ. ސްޕާކް ޕްލަގްގެ ލަނޑުތައް ޖަހައިދިނީ އަބުދުލް ބާރީ އާއި އަބުދުލް ލަތީފްއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ ޔޫތް ރިވޮލިއުޝަން ކުލަބަށް ހަތަރު ލަނޑު ޖަހައިދިން ހައްޔާން ޝަރީފްއެވެ.
މިރޭ ކުޅޭ މެޗުތައް
21:30 : ސެންޓްރަލް އޭރިއާ ކޮމާންޑް - އައިޑަލްސް
22:30 :ބްރޭވް ޖެނެރޭޝަން ސްޕޯޓްސް ކުލަބް - ލާމު ޔޫތް މޫވްމަންޓް
23:30 :ރަސްހިންނެ އެސްސީ - ފޮއެމަތި އެފްސީ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް