މިއަދު ޖޭޕީން ވަކިވި ސޮބާހު ރަޝީދު ފާއިތުވި ހަތް އަހަރު ޖުމްހޫރީ ޕާޓީގެ ކަމެއްގައި އުޅެފައި ނެތްކަމުގައި ގާސިމް އިބްރާހިމްގެ އެޑްވައިޒަރު އަބްދުﷲ އަހްމަދު (އަބުޅޯ) ވިދާޅުވެއްޖެއެވެ.
ޗައިނާ އެމްބަސީގެ ޑެޕިއުޓީ އެމްބެސެޑަރުގެ މަގާމުގައި ހުންނެވި ސޮބާހް އިސްތިއުފާއަށް ރައްދުދެއްވައި އަބުޅޯ ވިދާޅުވީ 2018 ވަނަ އަހަރު ކުރީކޮޅު ސޮބާހު ރަޝީދު އިނގިރޭސިވިލާތުގައި ހުރެގެން ޖޭޕީގެ ކައުންސިލް ޝީޓެއް ބޭނުންވުމުން އެ ފުރުސަތު ދިނުމުން ދައުރު ނިންމަވާލެއްވި ހަތް އަހަރުގެ ތެރޭގައި ކުނޫޒަށް ނުވަންނަތާ ކައުންސިލްގެ އެންމެ ޖަލްސާއެއްގައިވެސް ބައިވެރިނުވާކަމަށެވެ.
"އެ ޝީޓް ބޭނުންވީ އެސައިލަމް ހޯދަންތޯ؟" އަބުޅޯ ސުވާލު އުފައްދާފައިވެއެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ސިޔާސީ ބައެއް ފަރާތްތަކަށް ކުރިމަތިވެގެންދިޔަ ގޮންޖެހުންތަކާއި ގުޅިގެން އިނގިރޭސިވިލާތަށް އަމިއްލައަށް އަރުވައިލެވި އެސައިލަމް ހޯއްދެވި ބޭފުޅުންގެ ތެރޭގައި ސޮބާހް ރަޝީދު ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް