އުރީދޫއިން އިންތިޒާމްކޮށްގެން މި ރަމަޟާންް މަހުގެ ކޮންމެ ހުކުރު ދުވަހަކު ބާއްވަމުން އަންނަ ކޮމިނިއުނިޓީ އިފްތާރަށް ތަރުހީބެއް ލިބެމުންް އެބަދެ އެވެ.
އިއްޔެ ވަނީ މި ހަރަކާތުގެ ދެ ދަށުން ދެ ވަނަ އިފްތާރު ބާއްވާފައި އެވެ. އިއްޔެވެސް200 އަށްވުރެ ގިނަ މީހުން ރޯދަ ވީއްލުމުގައި ބައިވެރިވި އެވެ.
އުރީދޫއިން ބުނީ އުންމީދު ކުރަނީ ކުރިޔަށް އޮތް ހަފްތާތަކުގައިވެސް މި ހަރަކާތަށް ގިނަ ބައެއްގެ ތަރުހީބބު ލިބޭނެ ކަމަށެވެ.
“ކޮމިއުނިޓީ އިފްތާރު” ގެ ނަމުގައި ކުރިޔަށް ގެންދާ މި ހަރަކާތަކީ މި ފަހަރުގެ ރޯދަމަހަށް ހާއްސަކޮށްގެން ބާއްވާ “ހަދިޔާ” ދިނުމާއި ބަދަލުކުރުމުގެ ކެމްޕެއިންގެ ދަށުން އާއްމުންނަށް ހުޅުވާލައިގެން އުރީދޫން ބާއްވާ ހަރަކާތެކެވެ. އެ ކުންފުނިން ނިންމާފައި ވަނީ މި ރޯދަމަހުގެ ކޮންމެ ހުކުރު ދުވަހެއްގައި އާންމުންނަށް ހުޅުވާލައިގެން ރޯދަވީއްލުމެއް ބާއްވައި ދިނުމަށެވެ.
މި ހަރަކާތް އުރީދޫއިން ކުރިޔަށް ގެންދަނީ އިސްލާމިކް މިނިސްޓްރީ އާއި ގުޅިގެންނެވެ. މި ހަރަކާތް ކުރިޔަށް ގެންދަނީ ސަލްމާން މިސްކިތް ގޯތި ތެރޭގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް