މާލޭގައި ފެންބޮޑުވެ ލިބުނު ގެއްލުން ދެނެގަތުމުގެ މަސައްކަތް ފަށައިފި

މާލޭގައި މިއަދު ފެންބޮޑުވެ ލިބުނު ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމުގައި ނޭޝަނަލް ޑިސާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ. އެންޑީއެމްއޭއިން މިހެން ބ...

01 Apr 2023 | 09:05

މާލޭގައި މިއަދު ފެންބޮޑުވެ ލިބުނު ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމުގައި ނޭޝަނަލް ޑިސާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

އެންޑީއެމްއޭއިން މިހެން ބުނެފައިވަނީ ބޯކޮށް ވާރޭވެހި މާލޭގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވުމާއި ގުޅިގެން ކުރެވުނު މަސައްކަތްތަކުގެ އަދާހަމަ ހާމަކުރަމުންނެވެ.

އެންޑީއެމްއޭއިން ބުނެފައިވަނީ މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ބައެއް ގޭގެއަށް ގެއްލުން ލިބެމުންދާކަމުގެ ރިޕޯޓު ލިބުމާއެކު އިމަޖެންސީ އޮޕަރޭޝަންގެ މަސައްކަތް ފެށިގެން ކުރިއަށްދާކަމަށެވެ.

"ފެންބޮޑުވާ ސަރަހައްދުތަކުގައި ވެލިބަސްތާ ޖެހުމަށާއި އާންމު ރައްޔިތުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި މާލޭ ސިޓީ ކައުންސިލަށް އެ މައުލޫމާތު ފޯރުކޮށްދެވިފައިވޭ" އެންޑީއެމްއޭއިން ބުނެފައިވެއެވެ. ފެންބޮޑުވާ ސަރަހައްދުތަކުގައި ވެލިބަސްތާ ޖެހުމަށް ބޭނުންވާ ގޯނި އެ އޮތޯރިޓީން މާލޭ ސިޓީ ކައުންސިލަށް ފޯރުކޮށްދީފައިވާކަމަށްވެސް ބުނެފައިވެއެވެ.

އިތުރަށް ބުނެފައިވަނީ ފެންބޮޑުވުމުގެ ސަބަބުން ގޭތެއަށް ނަޖިސް ބޭރުވުމާއި ބައެއް ފަރުނީޗަރާއި ހިފާގެންގުޅޭތަކެއްޗަށް ގެއްލުން ލިބިގެން ތިން ގެއަކުން އެ އޮތޯރިޓީއަށް ރިޕޯޓުކުރި ކަމަށެވެ.

ލިބުނު ގެއްލުން ދެނެގަތުމުގެ މަސައްކަތް އެންޑީއެމްއޭއިން ކުރަމުން އަންނައިރު ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފުން އަންނަނީ ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް