އާންމު މެންބަރުންގެ ފަރާތުން އެސްޓީއޯގެ ބޯޑު މެންބަރުކަމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވައިފި

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ޑިރެކްޓަރުންގެ ބޯޑުގައި ޢާއްމު ހިއްސާދާރުން ތަމްސީލުކުރުމަށް ކުރިމަތިލުމުގެ ފުރުސަތު އެ ކުންފުނިން ހުޅުވާލައިފިއެވެ. އެސްޓީއޯއިން މިއަދު ކުރި އިއުލާނެއަގައ...

01 Apr 2023 | 08:47

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ޑިރެކްޓަރުންގެ ބޯޑުގައި ޢާއްމު ހިއްސާދާރުން ތަމްސީލުކުރުމަށް ކުރިމަތިލުމުގެ ފުރުސަތު އެ ކުންފުނިން ހުޅުވާލައިފިއެވެ.

އެސްޓީއޯއިން މިއަދު ކުރި އިއުލާނެއަގައި ބުނެފައިވަނީ ވަނީ އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ފޯމާއި ލިޔެކިއުންތައް ފުރިހަމަކުރުމަށްފަހު އީމެއިލްކުރުމަށް ނުވަތަ އެ ކުންފުނީގެ ވެބްސައިޓްގައި ގާއިމްކޮށްފައިވާ ޕްލެޓްފޯމަށް ހުށައެޅުމަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މި މަގާމަށް ކެޕިޓަލް މާކެޓް ޑިވަލޮޕްމަންޓް އޮތޯރިޓީގެ ކޯޕަރޭޓް ގަވަރނަންސް ކޯޑުގައި ބާރުއަޅާ ފަދައިން، ވީހާ ވެސް ގިނަ އަންހެން ބޭފުޅުން ކުރިމަތިލެއްވުމަކީ ކުންފުނިން ބާރުއަޅާ ކަމެއް ކަމަށް ވެސް އެސްޓީއޯއިން ބުނެ އެވެ.

ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމަށްއެދި ފޯމް ހުށަހެޅުމުގެ ސުންގަޑިއަކީ އޭޕްރީލް 24ވާ ހޯމަ ދުވަހުގެ ހެނދުނު 10:00އެވެ.

ހަތް މެމްބަރުން ތިއްބަވާ އެސްޓީއޯގެ ބޯޑުގައި އާއްމު ހިއްސާދާރުން ތަމްސީލްކުރާ އެއް ޑިރެކްޓަރު އަދި ސަރުކާރުގެ ފަރާތުން ހަ ޑިރެކްޓަރުން ތިއްބަވަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް