މާލޭ މަގުމަތިން ފެން ހިއްކުމުގެ މަަސައްކަތް ސިފައިން ފަށައިފި

މާލޭ މަގުމަތިން ފެން ހިންދުމުގެ މަސައްކަތް ސިފައިން ފަށައިފި އެވެ. މާލޭގައި ފެންބޮޑުވީ ރޭ ފަތިހު މާލެ ސަރަހައްދަށް ބޯކޮށް ވާރޭވެހި އެވެ. ފެންބޮޑުވެފައިވާ ސަރަހައްދުތަކުގެ ތެރޭގައި އޯކިޑު މަގާއި މާފަން...

01 Apr 2023 | 08:37

މާލޭ މަގުމަތިން ފެން ހިންދުމުގެ މަސައްކަތް ސިފައިން ފަށައިފި އެވެ.

މާލޭގައި ފެންބޮޑުވީ ރޭ ފަތިހު މާލެ ސަރަހައްދަށް ބޯކޮށް ވާރޭވެހި އެވެ. ފެންބޮޑުވެފައިވާ ސަރަހައްދުތަކުގެ ތެރޭގައި އޯކިޑު މަގާއި މާފަންނު ކޮޅުން ފެށިގެން އޯކިޑު މަގާއި ފަރީދީ މަގުގެ ބައެއް ސަރަހައްދުތައް ހިމެނެ އެވެ.

ފެން ބޮޑުވެފައިވާ ބައެއް ސަރަހައްދުތަކުގައި ކަކުލާއި ހިސާބަށް ފެންބޮޑުވެފައި އެވެ. އައިޖީއެމްއެޗު ތެރެއަށްވެސް ފެންގަނޑު ވަދެފައިވެ އެވެ.

އެމްއެންޑީއެފުން ބުނީ ވާރޭވެހި މާލޭގެ މަގުތަކުގައި ފެން ބޮޑުވުމާއި ގުޅިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން ޕަންޕު ބޭނުންކޮށްގެން ފެން ހިއްކުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށެވެ. މަސައްކަތް ފެށީ ހެނދުނު 8:30 ހާއިރު އެވެ.

https://twitter.com/MNDF_Official/status/1642057459773902848

މިހާތަނަށް ވެސްޓްޕާކް، އައިޖީއެމްއެޗް، ދިރާގު ހެޑް އޮފީސް އަދި އެކުވެނި ކައިރި ޕަންޕު ބޭނުންކޮށްގެން ފެން ހިއްކުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުންޏެވެ.

މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މާލޭގައި ފެންބޮޑުވެ ނުހިނދި އެހާ ގިނައިރުވީ ސްޓޯ ވޯޓާ ސިސްޓަމް ނުޖައްސާތީ ނުވަތަ އެ ސިސްޓަމް މަސައްކަތް ނުކުރާތީ ކަމުގައި ގަބޫލު ކުރެވޭކަމުގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް