ޗައިނާ އެމްބަސީގެ ޑެޕިއުޓީ އެމްބެސެޑަރުގެ މަގާމުގައި ހުންނެވި ސޮބާހް ރަޝީދުވެސް ޖޭޕީން ވަކިވެއްޖެއެވެ.
ޖޭޕީން ވަކިވެ ސޮބާހު ފޮނުވި ސިޓީގައި ބުނެފައިވަނީ މިވަގުތު ޕާޓީގެ މައްޗަށް ވެރިވެފައިވާ ނުފޫޒުތަކުގެ ދަށުން ނިންމާ ނިންމުންތަކުގެ ސަބަބުން ޕާޓީގެ އަމިއްލަވަންތަކަން ގެއްލި ގައުމީ މަސްލަހަތާއި ފުށު އަރާކަމަށް ގަބޫލު ކުރެވޭތީ ވަކިވާން ނިންމީ ކަމަށެވެ.
"ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ދައުރުގައި ގެންގުޅުއްވާފައިވާ ހަރުދަނާ ސިޔާސަތު ތަކުގެ ސަބަބުން ދިވެހިރާއްޖެ ވަނީ ކޮވިޑުގެ ހާލަތުން އަރައިގަނެ އިގްތިސޯދީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައި" ރައީސް ސޯލިހަށް ތާއީދުކުރާކަން ހާމަކޮށް ސޮބާހްގެ ސިޓީގައި ލިޔެފައިވެއެވެ.
ސޮބާހް ޖޭޕީން ވަކިވެފައިވާއިރު ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ޖޭޕީން ކުރިމަތިލާން ނިންމި ފަހުން އެ ޕާޓީން ބަޔަކު ވަނީ ކެނޑިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް