ނާޒިމްގެ ވެރިކަމެއްގައި ހިޔާ ފްލެޓުތަކުގެ ކުއްޔަކީ 4،000 ރުފިޔާ!

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ސަރުކާރެއްގައި ހިޔާ ފްލެޓްތަކުގެ ކުލި 4،000 ރުފިޔާއަށް ކުޑަކުރާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު މުޙައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ. މުޙައްމަދު ނާޒިމް މިހ...

01 Apr 2023 | 07:54

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ސަރުކާރެއްގައި ހިޔާ ފްލެޓްތަކުގެ ކުލި 4،000 ރުފިޔާއަށް ކުޑަކުރާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު މުޙައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

މުޙައްމަދު ނާޒިމް މިހެން ވިދާޅުވީ އެމްއެންޕީގެ ކްލަބްހައުސް އިވެންޓް ސިލްސިލާގެ ރޭގެ އެޕިސޯޑްގައި އިވެންޓުގެ ބައިވެރިޔަކު ކުރި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

ރޭ އެ ޕްރޮގްރާމްގައި ނާޒިމް ވަނީ ކުލި ކުޑަކުރެވޭނެ ގޮތުގެ ބައެއް ތަފްސީލް ދެއްވާފައި އެވެ. އެގޮތުން ހިޔާ ފްލެޓް ހެދުމަށް ނަގާފައިވާ ލޯން ރީސްޓްރަކްޗާ ކުރައްވާނެ ކަމަށް ވިދާޅުވި އެވެ

ހިޔާ ފްލެޓްތަކުގެ ވެރިން މިހާރު ދައްކަންޖެހެނީ ކުލީގެ ގޮތުގައި މަހަކު 7،500 ރުފިޔާ އާއި މެއިންޓަނަންސް ފީ މަހަކު 1،000 ރުފިޔާ އާއެކު މަހަކު ޖުމްލަ 8،500 ރުފިޔާއެވެ. މި ކުއްޔަކީ މާ ބޮޑު ޢަދަދެއް ކަމުގައި ހިޔާ ފްލެޓްތަކުގެ ވެރިން ފެށުނީންސުރެ ދަނީ ބުނަމުންނެވެ.

ނާޒިމް ގެންދަވަނީ އިންތިހާބު ކާމިޔާވެއްޖެ ނަމަ އެ ޕާޓީގެ ވެރިކަމެއްގައި ކޮށްދެއްވާނެ ގިނަ ކަނކަން ހާމަ ކުރައްވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް