މިއަދު މާލޭގައި ފެންބޮޑުވެ ނުހިނދި އެހާ ގިނައިރުވީ ސްޓޯ ވޯޓާ ސިސްޓަމް ނުޖައްސާތީ ނުވަތަ އެ ސިސްޓަމް މަސައްކަތް ނުކުރާތީ ކަމުގައި ގަބޫލު ކުރެވޭކަމުގައި މޭޔަރު މުއިއްޒު ވިދާޅުވެއްޖެއެވެ.
މޭޔަރު މިހެން ވިދާޅުވީ މިއަދު ކުރި ވިއްސާރައިގާ މާލޭގެ ބައެއް ސަރަހައްދުތަކުގައި ފެން ބޮޑުވެ ފެންގަނޑު ނުހިނދި ގިނައިރުތަކެއް ވެފައިވާއިރު އެކަމާއި ގުޅޭގޮތުން މީޑިއާއަށް ފޮނުއްވެވި މެސެޖެއްގައެވެ.
އެ މެސެޖުގައި މުއިއްޒު ވިދާޅުވެފައިވަނީ ސްޓޯމް ވޯޓާ ސިސްޓަމް ޖައްސާފައި ނެތްކަމަށް ގަބޫލު ކުރެވޭކަމަށެވެ.
"މިހާއިރުވާއިރު މިހެން އޮންނާނީ ޕަމްޕްތައް ނުޖައްސާ ހުރީމަ ނޫނީ މަސައްކަތް ނުކުރާތީ" މޭޔަރު ވިދާޅުވެފައިވެއެވެ.
މިއަދު ކުރި ވިއްސާރައިގާ މާލޭގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް