ޑރ. މައުސޫމްވެސް ރައީސް ސޯލިހަށް ތާއީދުކޮށްފި

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް، ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރަން ނިންމަވައިފި އެވެ. ތާއީދު ކުރެއްވިކަން އަދި އޭނާ ހުންނެވި ޖުމްހޫރީ ޕާޓ...

01 Apr 2023 | 05:35

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް، ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރަން ނިންމަވައިފި އެވެ.

ތާއީދު ކުރެއްވިކަން އަދި އޭނާ ހުންނެވި ޖުމްހޫރީ ޕާޓީން ވަކިވާން ނިންމިކަން ޑރ. މައުސޫމް ރަސްމީކޮށް ހާމައެއް ނުކުރައްވަ އެވެ.

އެކަމަކު ޑރ. މައުސޫމްގެ ސޯޝަލް މީޑިއާ ޕޭޖުތަކުގައި ރައީސް ސޯލިހާއި އެކު ހުންނެވި ފޮޓޯތަކެއް ވަނީ ހިއްސާ ކުރައްވާފައި އެވެ.

އަދި ގެސްޓު ހައުސް އެސޯސިއޭޝަންގެ ރައީސާއި އަދިވެސް ރައީސް ސޯލިހަށް ތާއީދު ކުރައްވާ އިތުރު ބޭފުޅުންތަކަކާއި އެކު މައުސޫމް ނަންގަވާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ހިއްސާކުރައްވާފައިވެއެވެ.  އެ ފޮޓޯ އާއި އެކު ޑރ. މައުސޫމް އެ ޓީމާއި އެކު ރައީސް ސޯލިހަށް ތާއީދު ކުރައްވާކަން އެބޭފުުން ހާމަކުރައްވާފައިވެއެވެ.

(ތަފްސީލް އަންނަނީ)

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް