މާދަމާއަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް، ރަމަޟާން މުބާރަކް

މާދަމާއަކީ 1443 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަދުވަސްކަމުގައި ފަލަކީ ކޮމިޓީން ނިންމައިފިއެވެ. މިކަން ނިންމާ ހާމަކޮށްފައިވަނީ އެ ކޮމިޓީން މިރޭ ބޭއްވި، ހަނދު ސާބިތު ކުރުމުގެ ޖަލްސާގައެވެ. އިސްލާމ...

01 Apr 2022 | 16:40

މާދަމާއަކީ 1443 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަދުވަސްކަމުގައި ފަލަކީ ކޮމިޓީން ނިންމައިފިއެވެ.

މިކަން ނިންމާ ހާމަކޮށްފައިވަނީ އެ ކޮމިޓީން މިރޭ ބޭއްވި، ހަނދު ސާބިތު ކުރުމުގެ ޖަލްސާގައެވެ.

އިސްލާމިކް މިނިސްޓަރ ޑރ.އަހުމަދު ޒާހިރު އަލީ ވިދާޅުވީ، މިއަދު އިރުއޮއްސުނު ފަހުން ރާއްޖޭގެ ބައެއް ރަށްރަށާއި ބައެއް އިސްލާމީ ގައުުމުތަކަށް ރަމަޟާން މަހުގެ ހަނދު ފެނުނުކަން ޝަރުއީ ހަމަތަކުން ސާބިތުވެފައިވާ ކަމަށެވެ.

ރާއްޖެއަށް ހަނދު ފެނުނުކަން ސާބިތުކޮށްފައިވަނީ އައްޑޫ ސިޓީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގައި އެވެ.

ރާއްޖޭގެ އިތުރުން ސައުދީ އަރަބިއްޔާއަށްވެސް ވަނީ ހަނދުފެނިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް