މިރޭ ރާއްޖެއަށް އަދި އިސްލާމީ ގައުމުތަކަށްވެސް ހަނދު ފެންނާނޭކަމަށް ބުރަވެވޭކަމުގައި ކުރީގެ ރައީސް އަދި ފަލަކީ އިލްމުވެރިޔާ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ހަވީރު ކުރެއްވި ޓްވީޓެއްގައެވެެ.
އެ ޓްވީޓްގައި ރައީސް މައުމޫން ވިދާޅުވެފައިވަނީ އެމަނިކުފާނުގެ މައުލޫމާތު ކުށްކަމުގައިނުވާނަމަ މިރޭ މާލެއަށް ހަނދު އޮއްސޭނީ އިރު އޮއްސުމުގެ 14 މިނެޓު ފަހުން ކަމަށެވެ.
"އެހެނިހެން އިސްލާމީ ގައުމުތަކަށްވެސް މިރޭ ހަނދު އޮއްސޭނެކަމަށް ފަލަކީ ހިސާބުން ދައްކަނީ އިރު އޮއްސުމުގެ ފަހުންކަމުގައި" ރައީސް މައުމޫން ވިދާޅުވެފައިވެއެވެ.
https://twitter.com/maumoonagayoom/status/1509872123937841153
އިސްލާމިކް މިނިސްޓްރީން ހާމަކޮށްފައިވާގޮތުގައި ހަނދު ސާބިތުކުރުމުގެ ޖަލްސާ މިރޭ 08:30ގައި އޮންނާނެއެވެ.
ރޯދަމަހުގެ ހަނދު ސާބިތުކުރުމަށްޓަކައި، ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސްދޭން ހަމަޖެހިފައިވަނީ މާލޭގައި ނަމަ މާލޭގެ ކޯޓެއްެގެ ގާޒީއެއްގެ ކުރިމަތީގައެވެ. ރަށެއްގައިނަަމ އެ ރަށެއްގެ މެޖިސްޓްރޭޓު ކޯޓުގެ މެޖިސްޓްރޭޓުގެ ކުރިމަތީގައެވެ. މެޖިސްޓްރޭޓެއް ނެތްނަމަ ރަށު ކައުންސިލުގެ އިދާރާ ހިންގުމާ ހަވާލުވެހުރި އިސްވެރިއެއްގެ ކުރިމަތީގައެވެ.
އެ މައުލޫމާތު ހިއްސާކުރާއިރު ގާތްގަނޑަކަށް ހަނދު ހުރި އުސްމިނާއި، މިސްރާބާއި އަދި މިނޫންވެސް މުހިންމު މައުލޫމާތުތައް ދޭންޖެހެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް