އެމްޓީސީސީގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު އެ ކުންފުނީގެ އާއްމު ހިއްސާދާރުންނަށް ހުޅުވާލައިފިއެވެ.
އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑުގައި ތިބޭނީ ސަރުކާރުން ކަނޑައަޅާ ފަސް މެމްބަރަކާއި އާއްމު ހިއްސާދާރުންގެ ފަރާތުން އައްޔަނު ކުރާ ދެ މެންބަރެކެވެ.
އެމްޓީސީސީގެ ހިއްސާދާރުންގެ ތެރެއިން އެ ކުންފުނީގެ ބޯޑަށް ކުރިމަތިލެވޭނީ އުމުރުން 30 އަހަރުން މަތީގެ މީހުންނަށެވެ.
އެގޮތުން އެ މަގާމަށް ކުރިމަތިލާ ހިއްސާދާރުން ވާން ޖެހޭނީ ކުށުގެ ރެކޯޑެއް ނެތް، ސީއެމްޑީއޭ އާއި އެމްޓީސީސީގެ ބޯޑު މެމްބަރަކަށް ވުމުގެ ޝަރުތުތައް ފުރިހަމަވާ ބަޔަކަށެވެ.
އަދި އެ ދެ މަގާމަށް ކުރިމަތިލާން ބޭނުންވާ ހިއްސާދާރުން އަންނަ ބުދަދުވަހުގެ މެންދުރު 12:00 ގެ ކުރިން ފޯމު ހުށަހަޅަން ޖެހެ އެވެ. އެކަމަށް ބޭނުންވާ ފޯމުތައް އެމްޓީސީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
އެ މެމްބަރުން ހޮވާނީ އަހަރީ އާއްމު ޖަލްސާގައި ކަމަށް ވާއިރު، އެ މަގާމަށް ކުރިމަތިލާ ހިއްސާދާރުންގެ ތެރެއިން އިވެލުއޭޓް ކުރުމަށް ފަހު، އެ ޖަލްސާ އަށް ނަންތައް ހުށަހަޅާން ހަމަޖެހިފައިި ވަނީ ބޯޑުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް