ކައި ހެދީ ދޮގުމައްޗަށް ދޮގު، ކޭކުފެޅީ ދެ ތަރީގެ ހޮޓަލެއްގައި !

ދިވެހި އިންފްލުއެންސާ އަދި މޮޑެލް ފާތިމަތު ޒަޔަން، އާންމު ނަމުންނަމަ ކައިޒީން އުފަންދުވަހުގެ ކޭކު ފެޅީ ތާޖުމަހަލް ގޯތީގައިކަމަށް ބުނެ ތަކުރާރުކޮށް ހެދީ ދޮގުކަން ފަޅާއަރައިފިއެވެ. މިކަން ފަޅާއަރާފައިމި...

01 Apr 2022 | 09:11

ދިވެހި އިންފްލުއެންސާ އަދި މޮޑެލް ފާތިމަތު ޒަޔަން، އާންމު ނަމުންނަމަ ކައިޒީން އުފަންދުވަހުގެ ކޭކު ފެޅީ ތާޖުމަހަލް ގޯތީގައިކަމަށް ބުނެ ތަކުރާރުކޮށް ހެދީ ދޮގުކަން ފަޅާއަރައިފިއެވެ.

މިކަން ފަޅާއަރާފައިމިވަނީ ކައިގެ އުފަންދުވަހުގެ ކޭކު އެޅި މީހާ އޭނާ އެ ކޭކު ގެންގޮސް ބެހެއްޓިތަނާ އެ ތަނާއިހަމައަށް އެ ކޭކު ގެންދިއުމަށް ކުރި މަސައްކަތް ހާމަކުރި ހިސާބުންނެވެ.

ކޭކު އެޅި މީހާގެ ވާހަކައިގެ ކުރިއަށްބަލާލާއިރު ކައި އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ބުނެފައިވަނީ އޭނާގެ އުފަންދުވަހުގެ ކޭކު ފެޅީ ތާޖްމަހަލްގެ ގޯތިތެރޭގައި ކަމަށެވެ. ސެކިއުރިޓީ ކުރެން ހުއްދައަށް އެދުމުން އެ ހުއްދަ ދިނީ ކަމަށެވެ. މިއާއެކު ކައި ވެގެންދިޔައީ ތާޖްމަހަލްގައި އުފަންދުވަހުގެ ކޭކުފެށި ފުރަތަމަ ދިވެއްސަށެވެ.

ކައި ކޭކު ފެޅީ ތާޖުމަހަލް ގޯތީގައި ނޫންކަމަށްބުނެ ސޯޝަލް މީޑިއާގައި މި ބަހުސް ހޫނުވުމުން ދުވަހުން ވާނީ ކައި ކުރެން އެކަން ޔަގީން ކުރުމަށް އަހާފައެވެ. ވައިބާ މެދުވެރިކޮށް ތަކުރާރުކޮށް ސުވާލުކުރުމުން ކައި ބުނީ އެއީ ހަމަ ތާޖްމަހަލް ގޯތިތެރެ ކަމަށެވެ.

ނަމަވެސް ކައިގެ ކޭކު އެޅި އާގްރާގެ ޝެފް، މާންޔާ ޝަރްމާ އެ ކޭކާއި އެ ކޭކު ފަޅަން ބޭނުންކުރި ކަނޑިއާއެކު ހަމަ އެ ލޮކޭޝަނުގައި ކޭކު ސެޓުކުރުމަށްފަހު ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްކުރަމުން އެ ޝެފް ބުނެފައިވަނީ އެ ކޭކު ތާޖް ކީމާއަށް ގެންދިއުމަށް ގިނަ ތަކްލީފްތަކެއް އުފުލަން ޖެހުނު ކަމަށެވެ.

https://www.instagram.com/p/CbrMzvhpi-z/

ތާޖް ކީމާ ހޮޓަލަކީ ތާޖް މަހަލާ އެއްކިލޯމީޓަރު ދުރުގައި ހުންނަ ހޮޓަލެކެވެ. ދެ ތަރީގެ އެ ހޮޓަލަކީ ދުވާލަކަށް 600 ރުފިޔާއަށް ކޮޓަރި ލިބޭ ހޮޓަލެކެވެ. އިންފްލުއެންސާ އަދި މޮޑެލް ކައި މިވަނީ ތަކުރާރުކޮށް ދޮގު ހަދާފައިކަމަށް ބެލެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް