ހުކުރަކުން ސަލްމާން މިސްކިތުގައި ނަމާދުކުރަން ފަށައިފި

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި މާލޭ އުތުރު ފަރާތުގައި ބިނާކުރި، ކިންގް ސަލްމާން މިސްކިތުގައި ނަމާދުކުރަން ފަށައިފިއެވެ. ހަ ހާސް މީހުންނަށްވުރެ ގިނަ މީހުންނަށް އެއްފަހަރާ ނަމާދުކ...

01 Apr 2022 | 08:40

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި މާލޭ އުތުރު ފަރާތުގައި ބިނާކުރި، ކިންގް ސަލްމާން މިސްކިތުގައި ނަމާދުކުރަން ފަށައިފިއެވެ.

ހަ ހާސް މީހުންނަށްވުރެ ގިނަ މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭވަރުގެ ޖާގައެއް އޮންނަ މި މިސްކިތުގައި ނަމާދުކުރަން ފަށާފައިމިވަނީ މިއަދުގެ ހުކުރު ނަމާދުންނެވެ. މިއަދުގެ ހުކުރު ނަމާދު އެ މިސްކިތުގައި ކުރިއަށްދިޔައިރު އިމާމުވެ ހުކުރު ކޮށްދެއްވީ ޝައިޚް އިލްޔާސް ހުސެއިން އެވެ.

މި މިސްކިތް ރަސްމީކޮށް އަދި ނުހުޅުވި ނަމަވެސް މިއަދުގެ ހުކުރު ނަމާދުން ފެށިގެން މިސްކިތުގައި ނަމާދުކުރުން ކުރިއަށްދާނެކަމުގައި ކުރިއަށް މިއޮތް ރޯދަމަހާ ދިމާކޮށް، ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

ކިންގް ސަލްމާން މިސްކިތުގައި މިއަދު ހުކުރު ނަމާދުކޮށްފައިވާއިރު ގިނަ އަދަދެއްގެ ބަޔަކު އެ މިސްކިތަށް ހުކުރަށް ގޮސްފައިވެއެވެ. އެހެންނަމަވެސް މިސްކިތުގެ ގޯތީގެ ޖާގައިގެ ތަނަވަސްކަން ބޮޑުކަމުން މިސްކިތުގެ ގޯތިތެރޭގައި ޖާގަ ގިނަ އަދަދަކަށް ހުސްކޮށް އޮތްކަންވެސް ފާހަގަކޮށްލެވެެއެވެ.

ކިންގް ސަލްމާން މިސްކިތް ބިނާކޮށް ނިމިފައި ހުންނަތާ ދެތިން އަހަރު ފާއިތުވެފައިވީނަމަވެސް ރަސްމީކޮށް މި ބިނާ ހުޅުވުން ވަނީ ދިގުލައިގެން ގޮސްފައެވެ. އެހެންނަމަވެސް މިސްކިތުގެ ކަންކަން އިސްލާމިކް މިނިސްޓްރީން ބަލަހައްޓަމުން ގެންގޮސްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް