ރޯދައިގެ މުނާސަބަތުގައި ޔޫއޭއީގައި ހާހަކަށްވުރެ ގިނަ ކުށްވެރިންނަށް މައާފު ދީފި

މިއަހަރުގެ ރަމަޟާން މަހުގެ މުނާސަބަތުގައި ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) ގައި 1،000 އަށްވުރެ ގިނަ ކުށްވެރިންނަށް މައާފު ދީފި އެވެ. ޔޫއޭއީގެ ރައީސް ޝެއިހް ހަލީފާ ބިން އަލް ނަހްޔާން ނެރުއްވި ބަޔާ...

01 Apr 2022 | 02:57

މިއަހަރުގެ ރަމަޟާން މަހުގެ މުނާސަބަތުގައި ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) ގައި 1،000 އަށްވުރެ ގިނަ ކުށްވެރިންނަށް މައާފު ދީފި އެވެ.

ޔޫއޭއީގެ ރައީސް ޝެއިހް ހަލީފާ ބިން އަލް ނަހްޔާން ނެރުއްވި ބަޔާނެއްގައި ބުނީ ކުށްވެރިންނަށް މައާފު ދިނުމަށް ނިންމީ މާތްވެގެންވާ ރޯދަ މަހު އެމީހުންނަށް ކުރެވިފައިވާ ކުށްތަކާއި މެދު އަލުން ވިސްނައި، ކުރިޔަށް އޮތްތަނުގައި މުޖުތަމައުއަށް ނުކުތުމަށް ފުރުސަތެއް ދިނުމުގެ ގޮތުން ކަމަށެވެ.

ބަޔާނުގައި ބުނީ ޖަލު ބަންދުގައި ތިބި މީހުން ދޫކޮށްލުމުން އެތައް އާއިލާއަކަށް ހިތްހަމަ ޖެހުން ލިބޭނެ ކަމަށެވެ.

މައާފުދޭން ނިންމީ ޖުމްލ ަ1،400 ކުށްވެރިންނަށެވެ. އޭގެ ތެރޭގައި ހިމެނެނީ:

އަބޫދާބީ: 540 ކުށްވެރިން

ދުބާއީ: 659 ކުށްވެރިން

ޝާރްޖަހް: 210 ކުށްވެރިން

ރަސް އަލް ކައިމާ: 345 ކުށްވެރިން

މިއީ ކޮންމެ އަހަރަކުވެސް ރޯދަ އާއި ދިމާކޮށް އެ ގައުމުގެ ސަރުކާރުން އަމަލު ކުރަމުން އަންނަ އުސޫލެކެވެ،

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް