ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓުތައް ސަރަހައްދުގައި ހިމެނޭ އެއް މަގުގައި ދުއްވާ އެއްޗެހި ދުއްވުން މަނާކޮށްފި އެވެ.
އެ ސަރަހައްދުގެ މަގުތަކުގައި ތާޜު އަޅައި ދުއްވާ އެއްޗެހި ދުއްވޭގޮތަށް މަގުތައް ތައްޔާރުކޮށްފައިވާއިރު ތާރު ނާޅަކީ ފުނަގަސް މަގުގައި އެވެ. ތާރު އެޅިމަގުތައް ހުޅުވާލީ މިމަހުގެ ކުރީ ކޮޅެވެ.
އެޗްޑީސީން ބުނީ އެ މަގަކީ ހިޔާ ޕާކު އެޅުމަސް ހަމަޖެހިފައިވާ މަގު ކަމަށެވެ. އެ މަގުގައި މިހާރު އެ މަޝްރޫއުގެ ދަށުން އެއް ޕާކު އަޅާފައިވާއިރު ކުރިޔަށް އޮތް ދެ ދުވަސް ތެރޭގައި އެތަން އާންމުންނަށް ހުޅުވާލާނެ އެވެ.
އެޗްޑީސީން ބުނީ ފުނަަގަސް މަގު މިއަދުން ފެށިގެން ބަންދު ކުރީ އާންމުންނަށް ހިތްފަސޭހަ މާހައުލެއް ޤާއިމް ކޮށްދިނުމަށްޓަކައި ކަމަށެވެ.
އެ މަގު ދުއްވާ އެއްޗިއްސަށް ބަންދުކޮށްފައި މިވަނީ ހަމައެއް ލަމައެއް ނެތި ދުއްވާ އެއްވެހި ދުއްވުމާއި ގަވައިދާ ހިލާފު ވިޔަފާރިތައް އިތުރުވެފައި ވަނިކޮށެވެ. ބިދޭސީންނާއި ދިވެހިން ދަނީ އެ މަގުގައި ގާޑިއާ އާއި މޭޒުތައް ހަދައިގެން ވިޔަފާރިކޮށް ޑައިނިންގެ ހިދުމަތް ދެމުންނެވެ.
އެ މަގުގެ އިތުރުން އަތިރިމައްޗާއި އެންމެ ކައިރީގައި އޮންނަ މަގަށްވެސް ވެހިކަލް ވަނުން ވަނީ މަނާކޮށްފަ އެވެ.
އެޗްޑީސީން ބުނީ ބޮޑު އާބާދީއެއް އޮތް ހިޔާ ފްލެޓުތައް ސަރަހައްދުގައި އާންމުންނަށް ބޭނުންވާ ޒަރޫރީ ވަސީލަތްތައް ލިބޭނެ އިންތިޒާމް ހަމަޖައްސަމުންދާ ކަމަށެވެ. އެގޮތުން
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް