ޓެރަރިޒަމް ނައްތާލުމުގެ ނިޔަތުގައި ސައުދީ އަރަބިއްޔާއިން އިސްވެ އޮވެ އެކުލަވައިލި މިލިޓަރީ ކޯލީޝަން (އިސްލާމިކް މިލިޓަރީ އެލިއަންސް) އާއި ޕާކިސްތާނުން ގުޅިއްޖެ އެވެ.
އެ ކޯލީޝަނާއި ޕާކިސްތާނުން ގުޅިފައިވާކަން އިއުލާނު ކޮށްފައިވަނީ ޕާކިސްތާނުގެ ހާރިޖީ އޮފީހުގެ ތަރުޖަމާނު ނަފީސް ޒަކަރިއްޔާ އެވެ. އެކަން ހާމަކޮށްފައިވަނީ ނިމިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުގަ އެވެ.
ޕާކިސްތާނުގެ މީޑިއާއިން ކުރިމަތި ކުރުވި ބައެއް ސުވާލުތަކަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ އެ ކޯލީޝަނަކީ ޓެރަރިޒަމް ނައްތާލުމުގެ ނިޔަތުގައި އެކުލަވާލާފައިވާ މުސްލިމް ކޯލީޝަނަކަށް ވާއިރު މުސްލިމް ގައުމެއްގެ ގޮތުގައި އޮވެ އެ ކޯލީޝަނާއި ނުގުޅެންވީ ސަބަބެއް ނެތް ކަމަށެވެ. ކޯލީޝަނާއި ގުޅުނީ ކޮން އިރަކުތޯ ސުވާލުކުރުމުން އެ ސުވާލަށް އޭނާ ސީދާ ޖަވާބެއް ނުދެއްވަ އެވެ. ނަފީސް ވިދާޅުވީ ޕާކިސްތާނަކީ އެ ކޯލީޝަންގެ މެމްބަރު ގައުމެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް