އީރާނަކީ ޓެރަރިޒަމްގެ ބައްޕަ ކަމުގައި އެމެރިކާގެ އައު ޑިފެންސް ސެކްރެޓަރީ ޖޭމްސް މަޓީސް ވިދާޅުވެއްޖެ އެވެ.
މަޓީސް މިހެން ވިދާޅުވީ ލަންޑަންގައި އޮތް ރަސްމިއްޔާތެއްގައި މިދިޔަ ހުކުރު ދުވަހު ވާހަކަފުޅު ދައްކަވަމުންނެވެ.
އޭނާ މިހެން ވިދާޅުވެފައިވާއިރު 2012 ވަނަ އަހަރުވެސް އީރާނާ ދެކޮޅަށް މަޓީސް ވަނީ ވަރުގަދަ ބަހެއް ވިދާޅުވެފަ އެވެ. އެމެރިކާއަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ކޮބައިތޯ ނޫސްވެރިއަކު އޭރު ސުވާލު ކުރުމުން މަޓީސްގެ ޖަވާބުގައި އީރާނުގެ ނަން ތިން ފަހަރު ތަކުރާރު ކުރެއްވި އެވެ.
މަޓީސް މިހެން ވިދާޅުވެފައިމިވަނީ ޔަމަނުގެ ހޫތީންނަށް އީރާނުން އެހީތެރިކަން ފޯރުކޮށްދޭތީ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ކަންބޮޑުވުން ފާޅުކުރައްވާފައި ވަނިކޮށެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ޔަމަނުގެ ދާހިލީ ހަނގުރާމާގައި އީރާނުން އަންނަނީ ހޫތީންނަށް ވާގިވެރިވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް