ޤާނޫނު އަސާސީއަށް ބަދަލު ގެނައުމުން ޕެރަގުއޭ މަޖިލީހުގައި ހުޅުޖަަހައިފި

އެކަަކަށް އެއް ދައުރަށް ވުރެ ގިނައިން ވެރިކަން ކުރެވޭ ގޮތަށް ޕެރަގުއޭގެ ގާނޫނަށް ބަދަލު ގެނައުމަށް ސިއްރު ވޯޓެއް ނެގުމުން އެކަމާ ދެކޮޅަށް މުޒާހަރާ ކުރި ބަޔަކު އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ހުޅު...

01 Apr 2017 | 17:00

އެކަަކަށް އެއް ދައުރަށް ވުރެ ގިނައިން ވެރިކަން ކުރެވޭ ގޮތަށް ޕެރަގުއޭގެ ގާނޫނަށް ބަދަލު ގެނައުމަށް ސިއްރު ވޯޓެއް ނެގުމުން އެކަމާ ދެކޮޅަށް މުޒާހަރާ ކުރި ބަޔަކު އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ހުޅުޖަަހަައިފިއެވެ.

ޕެރަގުއޭގެ ވެރިރަށް އަސުސިންސިއޮންގައި މިދިޔަ ހުކުރު ދުވަހު އެތައް ސަތޭކަ މީހުން މުޒަހަރާއަށް ނުކުތް އިރު އެމީހުން ވަނީ އެގައުމުގެ ކޮންގްރެސްގެ އިމާރާތުގެ ބޭރުގައިވާ ފެންސްތައް ވައްޓާލާއި އެ އިމާރާތުގެ ދޮރުތަކާއި ކުޑަދޮރުތައް ހަލާކުކޮށްފައެެވެ. އަދި އެ އިމާރާތުގެ އެތެރެއަށް ވަދެވުމުން ގާނޫނު އަސާސީއަށް ބަދަލުގެންނަން ވޯޓްދިން މެމްބަރުންގެ އޮފީސްތަކުގައި އެމީހުން ވަނީ ހުޅުވެސް ޖަހާފައެވެ.

އަލިފާންގަނޑު ނިއްވަން އުޅުުމުގެ ތެރޭގައި އަލިފާން ނިއްވާ މީހުންނާއި މުޒާހަރާ ކުރި މީހުން ހިމެނޭ ގޮތުން 30 މީހަކަށް އަނިޔާވެފައިވާކަމަށް އެ ގައުމުގެ އަލިފާން ނިއްވާ އިދާރާއިން ހާމަކޮށްފައިވެއެވެ. ރޭގެ ފަހުގެ ވަގުތެއްގައި މުޒާހަރާ ރޫޅާލާ އަލިފާންގަނޑު ނިއްވާލާފައިވީ ނަމަވެސް އެ އިމާރާތަށް ލިބުނީ ކިހާވަރެއްގެ ގެއްލުމެއްކަން އަދި އެ އިދާރާއިން ހާމަކޮށްފައެއް ނުވެއެވެ.

ގާނޫނު އަސާސީއަށް ގެންނަން ނިންމާފައިވާ ބަދަލަށް ދެކޮޅުހަދާމީހުން ބުނީ އެއީ ޚުދުމުޚުތާރު ވެރިކަަމަށް މަގުފަހިވާ ނިންމުމެއް ކަމަށާއި އަދި އެއީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށެވެ.

އާއްމުކޮށް ޖަލްސާތައް ސެނެޓްގެ ތަޅުމުގައި ބޭއްވި ނަމަވެސް އިއްޔެގެ ޖަލްސާ ބާއްވާފައިވަނީ ކޮންގްރެސްގެ ބަންދު އޮފީހެއްގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް