ބަންގްލަދޭޝްގައި މަރުވިި 20 އަހަރުގެ ރައުދާ އާތިފްގެ ހަށިގަނޑު އެ ގައުމުގައި މިއަދު ވަޅުލައިފިއެވެ.
ބަންގްލަދޭޝްގެ ރާޖްޝާހީ މެޓްރޮޕޮލިޓަން ޕޮލިސްގެ ދަށުން ހިންގާ މޮތިހަރު ތާނާ ޕޮލިސް ސްޓޭޝަނުގެ އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ސުޝާންތު ޗަންދްރާ ރޯއީ ވިދާޅުވީ ރައުދާގެ ހަށިގަނޑު މިއަދު ރާޖްޝާހީގެ ހަތިމް ޚާން ޤަބުރުސްތާނުގައި ވަޅުލާފައިވާ ކަމަށެވެ.
ރައުދާގެ އޮޓޮޕްސީ އިއްޔެ ރާޖްޝާހީ މެޑިކަލް ކޮލެޖުގައި ހަދާފައިވާއިރު އޮޓޮޕްސީގެ އެއްވެސް މައުލޫމާތެއް އަދި ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ. ރައުދާ މަރުވީ އަމިއްލަޔަށްކަން ފުލުހުން ބުނި ނަމަވެސް ރައުދާގެ އާއިލާއިން ގަބޫލުކުރަނީ މީހަކު ނުވަތަ ބަޔަކު ރައުދާ މަރާލީކަމަށެވެ.
ރައުދާ އަކީ ބަންގްލަދޭޝްގެ ރާޖްޝާހީގެ އިސްލާމީ ބޭންކް މެޑިކަލް ކޮލެޖްގައި ތައުލީމް ހާސިލްކުރަމުން ދިޔަ ދަރިވަރެއްގެ އިތުރުން ރާއްޖޭގެ މަޝްހޫރު މޮޑެލެއްވެސް މެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް