ގެއްލިގެން ހޯދަމުން ދަނިކޮށް ލ.ފޮނަދޫ އަަތިރިމަތީގައި މަރުވެފައި އޮއްވާ ފެނުނު ބަންގްލަދޭޝް މީހާގެ މަރާ ގުޅިގެން ތިން ބިދޭސީއަކަށް ކޯޓުން 15 ދުވަހުގެ މުއްދަތު ޖަހައިފިއެވެ.
މި މަހުގެ 27 ވަނަ ދުވަހުން ފެށިިގެން ހޯދަމުންދިޔަ އުމުރުން 27 އަހަރުގެ ހަސަނުﷲ ފެނިފައިވަނީ އިއްޔެ ފޮނަދޫ ގޮނޑުދޮށުގައި މަރުވެފައި އޮއްވައެވެ.
ފުލުހުން ބުނީ އެ މީހާގެ މަރަކީ އާދައިގެ މަރެއް ނޫން ކަމަށް ބެލެވޭތީ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާރޓްމެންޓާއި ފޮނަދޫ ޕޮލިސް ސްޓޭޝަން ގުޅިގެން މި މައްސަލަ ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް