ހ ތެމާގޭގައި، ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ނަމުގައި ހިންގަމުންދިޔަ އޮފީހުގައި ނަގާފައި ހުރި ދިދަ އާއި އެތަނުގެ ނަންބޯޑު ނަގާފައިވާނީ އެތަކެތި ނެގުމަށް ފުރުސަތު ދިނުމަށްފަހުގައި ކަމުގައި ފުލުހުން ބުނެފި އެވެ.
ފުލުހުން މިހެން ބުނެފައިވަނީ މިކަމާއި ބެހޭގޮތުން ނެރެފައިވާ ނޫސްބަޔާނެއްގަ އެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވަނީ ފުލުހުންގެ މައްޗަށް ސިވިލް ކޯޓުން ނެރުނު އެ އަމުރު ތަންފީޒުކުރުމުގެ ކުރިން ފުލުހުން ވަނީ އެ އަމުރަށް ހުރުމަތްތެރިކޮށް ހިތައި އެއާއި އެއްގޮތަށް ހ.ތެމާގައި ނަގާފައިވާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ދިދަ އާއި ނަންބޯޑު 31 މާރިޗް 2017 ވަނަ ދުވަހުގެ 18:00 ގެ ކުރިން އަމިއްލައަށް ނެގުމަށް ފުރުސަތު ދީފައި ކަމަށެވެ.
"އަދި ހ ތެމާގޭގައި ނަގާފައިވާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ދިދި އާއި ނަންބޯޑު ފުލުހުން ނަގާފައިވަނީ ފުލުހުން ދިން މުހުލަތުގެ ތެރޭގައި އެކަން އެގޮތަށް ކޮށްފައި ނުވުމުގެ ސަބަބުން ކޯޓު އަމުރު ތަންފީޒު ކުރުމުގެ ގޮތުން ކަމުގައި ދަންނަވަމެވެ." ފުލުހުންގެ ނޫސްބަޔާނުގައި ބުނެފައި ވެ އެވެ.
ފުލުހުންގެ މައްޗަށް ކޯޓުން ނެރެފައިވާ އަމުރާއި ގުޅިގެން ހ ތެމާގޭގައި ނަގާފައިވާ ޕީޕީއެމްގެ ދިދަ އާއި ޕީޕީއެމްގެ ރައީސްގެ އޮފީސް ޖަހާފައިވާ ނަންބޯޑު ނަގާފައިވަނީ ރޭގެ އިރާކޮޅުގެ ވަގުތެއްގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް