ގާސިމް ޕޮލިހަށް ހާޒިރު ކުރުން މާދަމައަށް ފަސްކޮށްފި

ޖުމްހޫރީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ފުލުހުންގެ އިދާރާއަށް ހާޒިރުވާން ކުރިން އެންގި ނަމަވެސ އެކަން މާދަމަށް ފަސް ކޮށްފި އެވެ. މިކަން ހާމަކޮށްފައިވަނީ  ގާސިމްގެ ގާނޫނީ ވަކީލް ތުލުސްދޫ...

01 Apr 2017 | 14:00

ޖުމްހޫރީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ފުލުހުންގެ އިދާރާއަށް ހާޒިރުވާން ކުރިން އެންގި ނަމަވެސ އެކަން މާދަމަށް ފަސް ކޮށްފި އެވެ.

މިކަން ހާމަކޮށްފައިވަނީ  ގާސިމްގެ ގާނޫނީ ވަކީލް ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ކުރެއްވި ޓްވީޓެއްގަ އެވެ. އެ ޓްވީޓްގައި ވައްޑެ ވިދާޅުވެފައިވަނީ "މިރޭ 9:00 އަށް ޕޮލިސް އަށް ހާޒިރުވުމަށް ގާސިމް އިބްރާހިމް އަށް އަންގަވާފައިވާ އެންގެވުން މާދަމާ ހަވީރު 4:00 އަށް ބަދަލުކުރައްވައިފި" ކަމަށެވެ.

މިދިޔަ ބުދަ ދުވަހުވެސް ގާސިމް ވަނީ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައި އެވެ. އެރޭ ގާސިމް ވިދާޅުވީ އޭނާ ފުލުހުންގެ އިދާރާއަށް ހާޒިރު ކުރީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތުދޭން އުޅުމުގެ ތުހުމަތުގައި ކަމަށެވެ.

ގާސިމް ވިދާޅުވީ އޭނާގެ މައްޗަށް ތަހުގީގެއް ހިންގަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުން އަބްދުﷲ މަސީހު ވަކިކުރަން ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލާގައި މަސީހާ ދެކޮޅަށް ވޯޓު ދެއްވާ މެންބަރުން އިތުރު ދައުރަކަށް ހޮވަން އިނާޔަތްތަކެއް ދެއްވާނެ ކަމަށް ވިދާޅުވުމާ ގުޅިގެން ކަމަށެވެ.

ގާސިމްއާއި މެދު މި ތުހުމަތު ކޮށްފައިވާއިރު މަސީހާ ދެކޮޅަށް ވޯޓު ދެއްވާ މެމްބަރުންނަށް ޓިކެޓް ދީ އެ މެންބަރުން ހޮވުމަށް ގުޅިފައިވާ ސިޔާސީ ހަތަރު ޕާޓީން ކޮށްދެވެން ހުރި މަސައްކަތެއް ކޮށްދެއްވާނެ ކަމަށް މިދިޔަ އާދީއްތަ ދުވަހު، އިދިކޮޅު ފަރާތްތަކުން މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވި އެވެ. ގާސިމް ވިދާޅުވީ އެ ވާހަކަތަކަކީ ޖުމްހޫރީ ޕާޓީއާއި ގުޅިގެން މަސައްކަތްކުރާ ޕާޓީތަކުގެ މެންބަރުންނަށް ނިސްބަތްކުރައްވާ ދައްކަވާފައިވާ ވާހަކައެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް