މީހެއްގެ ބަނޑުތެރޭގައި އޮންނަތާ 10 އަހަރު ވެފައިވާ ބޮތްކެއް ނަގައިފި

ސައުދީ އަރަބިއްޔާގެ ޒުވާނެއްގެ ބަނޑުން ބޮތްކެތް ނަގައިފި އެވެ. އުމުރުން 21 އަހަރުގެ މި ޒުވަނާ މިދިޔަ ހަފްތާގައި ޑޮކްޓަރަށް ދައްކަން ދިޔަކަމަށް ވަނީ ހުން އައިސް، ވަރުބަލިވާތީ އެވެ. ޑޮކްޓަރުން އޭނާއަށް ...

01 Apr 2017 | 10:00

ސައުދީ އަރަބިއްޔާގެ ޒުވާނެއްގެ ބަނޑުން ބޮތްކެތް ނަގައިފި އެވެ.

އުމުރުން 21 އަހަރުގެ މި ޒުވަނާ މިދިޔަ ހަފްތާގައި ޑޮކްޓަރަށް ދައްކަން ދިޔަކަމަށް ވަނީ ހުން އައިސް، ވަރުބަލިވާތީ އެވެ. ޑޮކްޓަރުން އޭނާއަށް ވާގޮތެއް ބަލަން ޓެސްޓުތަކެއް ހެނދުމުން އެނގުނީ އޭނާގެ ބަނޑުގައި އާދަޔާ ހިލާފު އެއްޗެއް އޮންނަ ކަމެވެ.

އެހެންވެ ވަގުތުން އޮޕަރޭޝަން ކޮށްގެން އެ އެއްޗެއް ނަގަން ނިންމައި އެއް ގަޑިއިރާ 15 މިނިޓުގެ ދިގު އޮޕަރޭޝަނެއް ކުރުމުން ނެގުނީ ބޮތް ކެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެ ބޮކި ހަށިގަނޑު އެތެރެއަށް ދިޔަ ގޮތާއި ބެހޭގޮތުން ސުވާލު ކުރުމުން އެ ޒުވަނާ ބުނެފައިވަނީ މީގެ 11 އަހަރު ކުރިން ކުޑަ އިރު އޭނާ ބޮތްކެއް ދިރުވާލި ކަމަށެވެ. އެކަމަކު އެކަމުން އެއްވެސް ގެއްލުމެއް އޭރު ވެފައި ނުވާތީ އަޅާނުލީ ކަމަށެވެ.

އެ ބޮކި ނަގަން އޮޕަރޭޝަން ކުރި ޑޮކްޓަރުންވެސް ބުނެފައިވަނީ އެމީހާގެ ބަނޑުގައި އެ އޮންނަތާއި 10 ވަރަކަށް އަހަރު ވެދާނެ ކަމަށެވެ.

އެމީހާގެ ބަނޑުން ނެގި ބޮކީގެ ދިގު މިނުގައި ނުވަ އިންޗި ހުއްޓެވެ. ޑޮކްޓަރުން ބުނީ އޮޕަރޭޝަނަށް ފަހު އޭނާގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް