ޑްރާމާ ސީރީޒް " ޖާނަ ނާ ދިލްސޭ ދޫރު " ނިމުމަކަށް އަންނަނީ !!

ސްޓަރ ޕްލަސް އިން މި ފެށޭ އޭޕްރީލްމަހު މުޅިން އާ 4 ޑްރާމާ އެއް ބެލުންތެރިންނާ ހަމައަށް ގެނައުމަށް ވަނީ ހަމަޖެހިފައެވެ. މިޑްރާމާތައް އޭޕްރީލްމަހުގެ 4 ވަނަ ދުވަހުން ފެށިގެން ދައްކަމުން ދިޔުމަށް ވަނީ ހަމ...

01 Apr 2017 | 09:02

ސްޓަރ ޕްލަސް އިން މި ފެށޭ އޭޕްރީލްމަހު މުޅިން އާ 4 ޑްރާމާ އެއް ބެލުންތެރިންނާ ހަމައަށް ގެނައުމަށް ވަނީ ހަމަޖެހިފައެވެ. މިޑްރާމާތައް އޭޕްރީލްމަހުގެ 4 ވަނަ ދުވަހުން ފެށިގެން ދައްކަމުން ދިޔުމަށް ވަނީ ހަމަޖެހިފައެވެ. މުޅިން އާ 4 ޑްރާމާ ސީރީޒްއެއް ބެލުންތެރިންނަށް ފެނިގެންދާނެ ޚަބަރަކާއެކު ދެން މިއޮތީ އުފާވެރި ޚަބަރެއް ނޫނެވެ. ޚާއްސަކޮށް ސްޓަރ ޕްލަސްއިން ދައްކަމުން އަންނަ  ޑްރާމާ ސީރީޒް ޖާނަ ނާ ދިލްސޭ ދޫރު ގެ ފޭނުންނަށް އުފާވެރި ޚަބަރެއް ނޫނެވެ. އެއީ އެޑްރާމާ މި އަހަރުގެ މެއި މަހު ނިންމާލުމަށް ސްޓަރ ޕްލަސްއިން ނިންމާފައިވާތީއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން މި ޑްރާމާ ނިންމާލުމަށް ސްޓަރ ޕްލަސް އިން ނިންމާފައިވަނީ ޑްރާމާއަށް ގެންނަމުންގޮސްފައިވާ އާ ޓްވިސްޓް ތަކާއެކުވެސް ޓީވީރޭޓްސް މައްޗަށްގޮސްފައިނުވާތީއެވެ. ދާދިފަހުން މަރޗް މަހުގެ ތެރޭގައި ޑްރާމާ ވަނީ 4 އަހަރު ކުރިޔަށް ޖެހިލާފައެވެ. އޭގެފަހުން ހިނގާކަންތައްތަކެއް ޑްރާމާގައި ދައްކުވައިދެމުން އައިސްފައިވާއިރު ޑްރާމާގެ މައި އެއް ކެރެކްޓަރ ވަނީ މިހާރު މަރާވެސް ލާފައެވެ.

އަތަރްވް އާއި ވިވިދާ ގެ ލޯބީގެ ގުޅުމުގެ ތެރޭގައި ހިނގާ ކަންތައްތަކެއް މިޑްރާމާގައި މައިގަނޑުގޮތެއްގައި ފެންނަމުންދާއިރު މިފަހަކަށް އައިސް މިޑްރާމާއިން ވަނީ ތަފާތު އެކި ޓްވިސްޓްތަކެއް ފެނިގެންގޮސްފައެވެ. މިޑްރާމާ ނިމުމަކަށް ގެންނަން އުޅޭ ޚަބަރާއެކު މީޑިޔާއިން ވަނީ ޑްރާމާގެ މައި އެއްކެރެކްޓަރ ކަމަށްވާ އަތަރްވް ގެ ރޯލުން ފެނިގެންދާ ވިކްރަމް ސިންގ އާ މިކަމާ ގުޅޭގޮތުން ސުވާލުކޮށްފައެވެ. އޭގެ ޖަވާބަކަށް ވިކްރަމް ބުނެފައިވަނީ ޑްރާމާ ނިންމާލަން އުޅޭކަމުގެ އެއްވެސް މަޢުލޫމާތެއް އެމީހުންނަށް ލިބިފައިނުވާކަމަށާއި އެއީ މުޅިން އާ ޚަބަރެއްކަމަށެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން މިހާރު ޑްރާމާ ދާ ގޮތުން ކުރިޔަށް އޮތްތަނުގައިވެސް އާ ކަންތައްތަކެއް މިޑްރާމާއިން ފެނިގެންދާނެއެވެ. ކޮންމެއަކަސް އެ އާ ބަދަލުތަކާއެކު މިޑްރާމާ ބެލުންތެރިންގެ މެދުގައި މަޤްބޫލުވެ ޓީވީރޭޓްސް މަތިވެގެން ދިޔުމަކީ މިހާރު އެންމެ ބޮޑަށް ޑްރާމާގެ ފޭނުން ބޭނުންވާނެ ގޮތެވެ. ޑްރާމާ ނިމުމަކަށް ގެންނަށް އުޅޭކަމާ ގުޅޭގޮތުން ސްޓަރ ޕްލަސް އިން އަދި މީޑިޔާގައި އެއްވެސް އެއްޗެއް ނުބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް