އިންޑިއާގެ އެންމެ މަޝްހޫރު ކޮމިޑީ ސީރީޒް "ދަ ކަޕިލް ޝަރުމާ ޝޯ" ހުއްޓާލަން ޖެހުނަ ނުދޭނެ ކަމަށް އެ ޝޯ އާއި އަލަށް ގުޅުނު ރާޖޫ ސްރިވާސްތަވާ ބުނެފި އެވެ.
ރާޖޫ އެ ޝޯގައި އަދާ ކުރާނީ ކަޕިލް އެމީހެއްގެ ގަޔަށް ބޮލަށް އަރައި ހަޑި ހުތުބަހުން މުއާމަލާތް ކުރުމުން ޝޯ އާއި ވަކިވެގެން ދިޔަ ސުނިލް ގްރޯވާރުގެ ރޯލެވެ. ރާޖޫ ބުނީ އެ ޝޯގައި ބައިވެރިވުމަށް ކަޕިލް އޭނާ ގާތުގައި އެދުމުން އެކަމަށް އާނއެކޭ ބުނެފައިވާ ކަމަށެވެ.
އޭނާ ބުނީ އެގޮތަށް ނިންމީ އެހާ މަޝްހޫރު ކޮމިޑީ ސީރީޒް އެއް އެގޮތަށް ހުއްޓާލަން ޖެހެން ބޭނުން ނުވާތީ ކަމަށެވެ. އަދި ހެއްވާ މަޖާ ބައި ކުޅޭ ތަރިން ވާން ޖެހޭނީ އެ ދާއިރާ ކުރި އެރުވުމަށް ކުރެވުނު ކޮންމެ މަސައްކަތެއް ކުރާ ބަޔަކަށް ކަމަށް ރާޖޫ ބުންޏެވެ.
އެކަމަކު ރާޖޫ ވަނީ އޭނާ އެ ޝޯއަށް ގެންދިޔައީ ސުނިލްގެ ބަދަލުގައި ކަމަށް ކިޔައިގެން ނުވާނެ ކަމަށް މީޑިއާގައި އެދިފައި އެވެ. ރާޖޫ ހިމަނައިގެން ކަޕިލް ޝަރުމާ ޝޯގެ ތިން އެޕިސޯޑު މިހާރު ރެކޯޑު ކޮށްފި އެވެ. އެކަމަކު އަދި އެބައިތައް ނުދައްކަ އެވެ.
ރިޕޯޓުތައް ބުނާގޮތުގައި ކަޕިލް އާއި ސުނިލް އާއި ޖެހުނު މައްސަލައިގަ ޝޯ ނުހިނގާނެ ކަމަށް ބަލައި ސޮނީން ވަނީ ސަޕިލް އާއި އެކު ހަދާފައިވާ އެއްބަސްވުން އާ ނުކުރަން ނިންމާފައި އެވެ. އެކަމަކު ގޮތެއް ނިންމާނީ މި މަހު އެގްރިމެންޓުގެ މުއްދަތު ހަމަ ވުމުން ކަމަށްވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް