އަމިއްލަ ނަންފުޅު ބޭނުން ކުރެވޭނެތޯ މައުމޫން ސުވާލު ކުރައްވައިފި

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަމިއްލަ ނަންފުޅު ބޭނުން ކުރެއްވޭނެތޯ އެމަނިކުފާނު ސުވާލު ކުރައްވައިފި އެވެ. މައުމޫން މިހެން ވިދާޅުވެފައިވަނީ މިއަދު ކުރެއްވި ޓުވީޓެއްގ...

01 Apr 2017 | 08:11

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަމިއްލަ ނަންފުޅު ބޭނުން ކުރެއްވޭނެތޯ އެމަނިކުފާނު ސުވާލު ކުރައްވައިފި އެވެ.

މައުމޫން މިހެން ވިދާޅުވެފައިވަނީ މިއަދު ކުރެއްވި ޓުވީޓެއްގައި އެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައި މިވަނީ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އޮފީސް ބަންދުކޮށް އެ އޮފީހުގެ މަސައްކަތްތައް ހުއްޓުވުމަށް ސިވިލް ކޯޓުން ފުލުހުންގެ މައްޗަށް އަމުރު ކުރުމުން އެ ހުކުމް ތަންފީޒުކޮށްފައި ވަނިކޮށެވެ.

ފުލުހުން ވަނީ ރޭ އެ އޮފީހުގައި ނަގާފައިވާ ދިދަ އާއި ނަން ބޯޑު ނަގާފައި އެވެ.

މައުމޫން ކުރެއްވި ޓުވީޓުގައި ވަނީ ދެތިން ސުވާލެއް ކުރައްވާފައި އެވެ.

އެގޮތުން މައުމޫންގެ އަމިއްލަ ނަންފުޅު ކިޔުމުގެ ހުއްދަ އޮތްތޯ ސުވާލު ކުރައްވާފައި ވެ އެވެ. މުސްލިމެއްކަމާއި ދިވެއްސެކޭ ބުނުމުގެ

ހުއްދަ އެބައޮތްތޯ ސުވާލު ކުރައްވާފައިވެ އެވެ. އަދި އަމިއްލަ ގައުމު ދެކެ ލޯބިވާ ކަމަށް ބުނުމުގެ ހުއްދަ އެބައޮތްތޯ ވެސް މައުމޫން ސުވާލު ކުރައްވާފައިވެ އެވެ.

“އެއްވެސް ކުށަކަށް އަރައިގެންނާކަން ބޭނުމެއް ނޫން. އަޅުގަނޑުގެ އަމިއްލަ ނަން ކިޔުމުގެ ހުއްދަ އެބައޮތްތޯ. އަޅުގަނޑަކީ މުސްލިމެއް ކަމާއި ދިވެއްސެކޭ ބުނުމުގެ ހުއްދަ އާއި އަމިއްލަ ގައުމު ދެކެ ލޯބިވާ ވާހަކަ ބުނުމުގެ ހުއްދަ އެބަ އޮތްތޯ،” މައުމޫންގެ ޓުވީޓުގައި ވިދާޅުވެފައި ވެ އެވެ.

ސިވިލް ކޯޓުގެ އަމުރުގައި ބުނެފައިވާ ގޮތުގައި ޕީޕީއެމްގެ ރައީސް އޮފީހުގެ ނަމުގައި އޮފީހެއް ހިންގުމާއި އެ ޕާޓީގެ ދިދަ އާއި ލޯގޯ ބޭނުން ކުރުމާއި އެ ޕާޓީގެ ނަމުގައި ޖަލްސާތައް ބޭއްވުމަކީ އެ ޕާޓީ ހިންގުން ރައީސް ޔާމީނާ ހަވާލުކޮށް، ކުރިން ކޮށްފައިވާ ހުކުމާ ހިލާފް އަމަލެއް  ކަމަށެވެ.

އޭގެ ކުރިން ޕީޕީއެމްގެ ރައީސް ޔާމީން ފެކްޝަނުން ވަނީ މައުމޫން އެ ޕާޓީގެ ރައީސް ކަމުންނާއި މެންބަރު ކަމުން ވަކިކޮށްފައި އެވެ. އެކަމަކު ރައީސް މައުމޫން ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ “ދަރުބާރު ފެކްޝަން” އިން ނިންމާ ނިންމުންތައް ގަބޫލު ނުކުރައްވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް