ކުޑަކުދިންގެ ހިޔާގައި އުޅޭ ކުދިންނަށް އަނަންތަރާ ރިސޯޓުން ތަމްރީނު ދެނީ

ދައުލަތުގެ ބެލުމުގެ ދަށުގައި ކުޑަކުދިންގެ ހިޔާގައި ތިބޭ ކުދިންނަށް ހާއްސަކޮށްގެން އަނަންތަރާ ރިސޯޓުން ތަމްރީންތަކެއް ދޭން ނިންމައިފި އެވެ. މި ޕްރޮގްރާމަކީ އެ ރިސޯޓުގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިޔަ...

01 Apr 2017 | 07:45

ދައުލަތުގެ ބެލުމުގެ ދަށުގައި ކުޑަކުދިންގެ ހިޔާގައި ތިބޭ ކުދިންނަށް ހާއްސަކޮށްގެން އަނަންތަރާ ރިސޯޓުން ތަމްރީންތަކެއް ދޭން ނިންމައިފި އެވެ.

މި ޕްރޮގްރާމަކީ އެ ރިސޯޓުގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ.

ޖެންޑާ މިނިސްޓްރީން ބުނީ މި ޕްރޮގްރާމް އަހަރު ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދާނެ ކަމަށެވެ. "މައިނަރ ހޯޕް"  ގެ ނަމުގައި ފެށި މި ޕްރޮގްރާމް ރަސްމީކޮށް ވައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތްމަތު އިބްރާހިމް އެވެ.

މި ޕްރޮގްރާމްގެ ދަށުން ހިޔާގައި އުޅޭ 16 އަހަރުން މަތީގެ ދެ ކުދިން އަނަންތަރާއިން ތަމްރީން ހޯދާނެ އެވެ. މި ޕްރޮގްރާމްގައި ބައިވެރިވާ ކުދިންނަށް އަނަންތަރާގެ ރާއްޖޭގެ ރިސޯޓުތަކުގައި އާއި ރާއްޖެއިން ބޭރުގެ ރިސޯޓުތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެ ރިސޯޓުން ބުނެ އެވެ.

މި ޕްރޮގްރާމްގެ މަގުސަދަކީ މަރުކަޒުގައި ދިރިއުޅޭ ކުދިންނަށް ވަޒީފާގެ މާހައުލުގައި ބޭނުންވާ ހުނަރުތައް ދަސްކޮށްދިނުމަށާއި ފަތުރުވެރިކަމުގެ ދާއިރާއިން ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުން ކަމަށް ޖެންޑާ މިނިސްޓްރީން ބުނެ އެވެ.

އިއްޔެ ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވީ މިފަދަ ޕްރޮގްރާމްތަކުގެ ބޭނުނަމީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަކީ ބޭނުންތެރި ބައެއްގެ ގޮތުގައި މުޖުތަމައުއަށް ނުކުންނަ ބަޔަކަށް ހެދުން ކަމަށެވެ. އަދި އެ ކުދިންނަށް ވަޒީފާގެ މައިދާނުގައި ކުރިޔަށް ދިއުމުގެ މަގު ތަނަވަސްކޮށްދިނުން ކަމަށް ވިދާޅުވި އެވެ.

ޖެންޑާ މިނިސްޓްރީން ބުނީ މިފަދަ އެއްބަސްވުންތައް އެހެން ރިސޯޓުތަކާއި އެކު އެކުލަވާލުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް