108 ކިލޯ ހުރި އެކްޓްރެސްއެއް އިތުރަށް ބަރުވާން އިންކާރުކޮށްފި

ސްޓަރ ޕްލަސް އިން އަލަށް ދެއްކުމަށް ހަމަޖެހިފައިވާ އެއް ޑްރާމާ ސީރީޒް އަކީ " ދައި ކިލޯ ޕްރޭމް " އެވެ. ބަރުދަން ވަރަށް ބަރުކޮށް ތިބި ދެމީހެއްގެ ދެމެދުގައި ހިނގާ ކަންތައްތަކެއް މައިގަނޑު ގޮތެއްގައި ދައް...

01 Apr 2017 | 07:41

ސްޓަރ ޕްލަސް އިން އަލަށް ދެއްކުމަށް ހަމަޖެހިފައިވާ އެއް ޑްރާމާ ސީރީޒް އަކީ " ދައި ކިލޯ ޕްރޭމް " އެވެ. ބަރުދަން ވަރަށް ބަރުކޮށް ތިބި ދެމީހެއްގެ ދެމެދުގައި ހިނގާ ކަންތައްތަކެއް މައިގަނޑު ގޮތެއްގައި ދައްކުވައިދޭގޮތަށް ސްޓަރ ޕްލަސް އިން އުފައްދާ މިޑްރާމާގެ، މައި ލީޑް އަންހެން ރޯލުން ބެލުންތެރިންނަށް ފެނިގެންދާނީ މުޅިން އާ މޫނެކެވެ. އަންޖަލީ އާނަންދް އޭނާގެ ފިލްމީ ކެރިއަރ މިޑްރާމާއިން ފަށާއިރު އޭނާގެ ގައިގައި މިހާރުވެސް 108 ކިލޯ އެބަހުއްޓެވެ. އިތުރަށް ބަރުވާން މިޑްރާމާގެ ޕްރޮޑަކްޝަން ޓީމުން އެދުމުން އަންޖަލީ ބުނެފައިވަނީ ދެން އިތުރަށް ބަރު ނުވެވޭނެކަމުގައެވެ.

" މިހާތަނަށްވެސް އަހަރެން އުޅެފައިވަނީ ވަރަށް ހަރަކާތްތެރިކޮށް. އަހަރެންގެ ބަރުދަން ވަކިވަރެއްގައި ބެހެއްޓުމަށް މަސައްކަތްތަކެއްކުރަމުން އައީ. އެހާބޮޑަށް ބަރުވުން އެއީ ވާނެކަމެއްނޫން. މިހާރުވެސް މިރޯލުކުޅުމަށް މިހިރީ 108 ކިލޯގަ. އިތުރަށް ބަރުވެއްޖެނަމަ ހިކެން އުނދަގޫތަކާ ދިމާވާނެ. " އެކަމާ ގުޅޭގޮތުން އަންޖަލީ ބުނެފައިވެއެވެ.

މިޑްރާމާ ސީރީޒް ގެ ލީޑް ފިރިހެން ރޯލުން ފެނިގެންދާ މެހެރްޒާންވެސް ވަނީ މިޑްރާމާ ކުޅުމަށް 16 ކިލޯ ބަރުވެފައެވެ. ދައި ކިލޯ ޕްރޭމް ދެއްކުމަށް ހަމަޖެހިފައިވަނީ އޭޕްރީލް މަހުގެ 3 ވަނަ ދުވަހުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް