މިހާރު ޕްރެޝަރުގައި ފެން ލިބޭނެ: އެމްޑަބްލިއުއެސްސީ

މިހާރު މާލޭގެ ހުރިހާ ސަރަހައްދަކަށް ވެސް ޕްރެޝަރުގައި ފެން ލިބޭނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެފި އެވެ. އެމްޑަބްލިއުއެސްސީގެ މެއިން ޑިސްޓްރިބިއުޝަން ސިސްޓަމަށް ދިމާވި ކަރަންޓްގެ މައްސަލައަކާ ގުޅިގެ...

01 Apr 2015 | 12:05

މިހާރު މާލޭގެ ހުރިހާ ސަރަހައްދަކަށް ވެސް ޕްރެޝަރުގައި ފެން ލިބޭނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެފި އެވެ.

އެމްޑަބްލިއުއެސްސީގެ މެއިން ޑިސްޓްރިބިއުޝަން ސިސްޓަމަށް ދިމާވި ކަރަންޓްގެ މައްސަލައަކާ ގުޅިގެން ޕްރެޝަރުގައި ފެން ނުލިބެން ފެށީ މިއަދު 3:30 ވާން އުޅެނިކޮށެވެ. މައްސަލަ ހައްލު ކުރެވިފައިމިވަނީ ދޮޅު ގަޑިއިރެއްހާއިރުގެ މަސައްކަތަށް ފަހު އެވެ.

އެ ކުންފުނިން ނެރުނު އިއުލާނެއްގައި ބުނީ މައްސަލަ މިހާރު ހައްލުވެފައިވާ ކަމަށާއި ފެނުގެ ހިދުމަތާ ގުޅޭ ގޮތުން އިތުރު ސުވާލެއް އޮތް ނަމަ އެމްޑަބްލިއުއެސްސީގެ ހޮޓްލައިން ނަމްބަރު 105 އަށް ގުޅުމަށް އެދޭކަމަށެވެ.

މިދިޔަ ޑިސެމްބަރު މަހު އެ ކުންފުނީގައި ހިނގި އަލިފާނުގެ ހާދިސާ އަކާއި ގުޅިގެން އެއް ހަފްތާއަށް ވަނީ މުޅި މާލެއިން ފެނުގެ ހިދުމަތް މެދު ކެނޑިފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް